Ad
ދިވެހިންގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން މަލިކުގައި މިއަދު މަޑުކޮށްލަނީ-: ފޮޓޯ: މޯލްޑިވިއަން
ދިވެހިންގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން މަލިކުގައި މިއަދު މަޑުކޮށްލަނީ-: ފޮޓޯ: މޯލްޑިވިއަން

މަލިކަށް ޖެއްސި ފުރަތަމަ މަތިންދާ ބޯޓަކަށް ރާއްޖޭގެ ޤައުމީ އެއާރލައިން

އިންޑިޔާގެ މަލިކަށް ދިވެހި ޤައުމީ އެއަރލައިން ގެ ސީޕްލޭން ދިވެހި ފަޅުވެރިންނާއެކު މިއަދު ކުރި ދަތުރަކީ ތާރީޚީ ދަތުރެއްކަމަށާއި އަދި މީގެ ކުރިން މަލިކަށް މިނޫން އެއްވެސް އެއަރލައިނެއްގެ ބޯޓެއް ޖެއްސި ކަމަކަށް ތާރީޚުން ނުދައްކާކަމަށް ރާއްޖޭގެ ޤައުމީ އެއާރލައިން މޯލްޑިވިއަން އިން ހާމަކޮށްފިއެވެ.

މަލިކުގެ މުޅި ތާރީޚުގައިވެސް ފުރަތަަމަ ފަހަރަށް އެރަށު ފަޅަށް ޖެއްސި ފެނަށް ޖައްސާ ބޯޓުގެ ގޮތުގައި މޯލްޑިވިއަންގެ މިބޯޓު ޖައްސާފައި މިވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

މޯލްޑިވިއަންގެ ސީޕްލޭން މަލިކުގައި މިއަދު މަޑުކޮށްލީ ސްޕައިސް ޖެޓްގެ ޗާޓާ ދަތުރެއްގައި އިންޑިއާގެ އަހްމަދުއާބާދަށް ދިއުމުގެ މަގުމަތީގައިކަމަށްވެސް ދިވެހި ޤައުމީ އެއާރލައިން މޯލްޑިވިއަން އިން ހާމަކޮށްފައި ވޭމެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *