Ad

ޗެލްސީއަށް އެސްޓަން ވިލާ އަތުން މޮޅު ނުވެވުނު

އެނގެރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި އެސްޓަން ވިލާ ބައްދަލުކުރި މެޗް 1-1 ލަނޑުން އެއްވަރުވެގެން ނިމިއްޖެއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޗެލްސީއިންނެވެ. ފުރަތަމަ ހާފްގައި ޑިފެންޑަރު ޗިލްވެލް ދިން ބޯޅައަކުން ޗެލްސީއަށް ގޯލް ޖަހައިދިނީ އޮލިވަރ ޖިރޫޑްއެވެ. މެޗުގެ ދެވަނަ ހާފްގައި ވިލާއަށް ނަތީޖާ ހަމަހަމަ ކޮއްދިނީ އަންވަރު އެލްގާޒީއެވެ. ޖިރޫޑް ވަނީ އެންމެފަހުން ޗެލްސީގެ ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅުނު ފަސް މެޗުގައި 7 ލަނޑު ކާމިޔާބުކޮށްފައެވެ. ރޭގައި ޖިރޫޑް ޖެހި ލަނޑާއެކު އިނގިރޭސި ލީގުގައި ފްރާންސްގެ ތިންވަނައަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފް ޖިރޫޑްއަށް ވަނީ ލިބިފައެވެ. އެއީ 89 ލަނޑާއެކުއެވެ. މި ލިސްޓުގެ ދަވަނަގައިވާ ނިކޮލަސް އަނެލްކާއަށް ޖެހިފަވަނީ 125 ލަނޑެވެ. ލިސްޓުގެ އެއްވަނައިގަވާ ތިއެރީ ހެންރީވަނީ 175 ލަނޑުޖަހާފައެވެ.

ޗެލްސީ އަތުން ހޯދި ޕޮއިންޓާއެކު އޮސްޓެން ވިލާ ވަނީ ޗެލްސީ ފަހަތަށް ޖަސައްލާ ލީގުގެ ފަސްވަނައަށް ޖެހިލާފައެވެ. 26 ޕޮއިންޓް ދެ ޓީމަށް ވެސް ލިބިފަވާއިރު ވިލާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އެސްޓަން ވިލާއިން ވަނީ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް 7-2 ބަލިކޮށްފައެވެ. ރޭ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *