Ad

ކޮވިޑް-19ގެ ސަބަބުން މެންޗެސްޓާރ ސިޓީ އާއި އެވަޓަން ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު ފަސްކޮށްފި

ކޮވިޑް-19 ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާރ ސިޓީ އާއި އެވަޓަން ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު ފަސްކޮށްފިއެވެ.

ޕްރިމިއަރ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިޓީގެ މެނޭޖްމަންޓުން އެދުނު ގޮތަށް ރަސްމީކޮށް މެޗު ފަސްކޮށްދީފައިވާ ކަމަށެވެ. އަދި އެ ނިންމުމަކީ ސިއްހީ މާހިރުންގެ ލަފާ ހޯދުމަށްފަހު ނިންމި ނިންމުމެއް ކަމަށާއި، ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހުރުމުން އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ސިޓީގެ ދެކުޅުންތެރިއަކާއި 2 އޮފިޝަލަކު މިދިޔަ ހުކުރު ދުވަހު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ވި ދެކުޅުންތެރިންނަކީ އިނގެރޭސި ޑިފެންޑަރު ކައިލް ވޯކާ އާއި ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސަސްއެވެ. މިދިޔަ ހޮނިހިރު ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 ން ސިޓީ މޮޅުވި މެޗުގައި ވެސް މި ދެ ކުޅުންތެރިން ކުޅެފައެއް ނުވެއެވެ. ސިޓީގެ ދަނޑުގައި ކުޅެން އޮތް މި މެޗު ފަސްކުރުމަށް ޕްރިމިއާ ލީގުން ނިންމީ މެޗު ފެށުމުގެ ހަތަރު ގަޑިއިރު ކުރިންނެވެ. މި މެޗު ދެން ކުޅޭނެ ތާރީޚެއް އަދި ޕްރިމިއާ ލީގުން އިއުލާންކޮށްފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގައި ގުޅޭ މަޝްހޫރު ބައެއް ކުޅުންތެރިން މީގެކުރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ރަނގަޅުވެފައެވެ. މިގެތެރޭގައި ލިވަޕޫލްގެ ގިނަ ކުޅުންތެރިން ހިމެނެއެވެ. ސަލާހު، މާނޭ، ތިއާގޯ، ނަބީ ކެއިޓާ، ޝަޤީރީ އަކީ މި ބައްޔަށް ޕޮޒިޓިވް ވި ލިވަޕޫލްގެ ބައެއް ކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *