Ad

ސަޢުދި ޢަރަބިއްޔާގެ ޤައުމީ އެއަރލައިން އިން އަންހެން ކެބިން ކްރޫއިން ނަގަނީ

މެދުއިރުމަތީގެ ޢަރަބި މުސްލިމު ދައުލަތެއްކަމުގައިވާ ސަޢުދީ ޢަރަބިއްޔާގެ ޤައުމީ އެއަރލައިން އިން އެ އެއަރލައިންގެ ބޯޓުތަކަށް ސަޢުދީ އަންހެން ކެބިން ކްރޫއިން ނެގުމަށް ނިންމައިފިއެވެ،

ސަޢުދީ އެއަރަލައިންގެ އިސް އޮފިޝަލަކު ޢުކާޒު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި މިކަން ކަށަވަރުކޮށްދެމުން ހާމަކޮށްފައިވާ ގޮތުގައި، ފުރަތަމަ ފިޔަވަހީގެ ދަށުން އެ އެއަރލައިން އަށް ނެގޭ 50 ސަޢުދީ އަންހެން ކެބިން ކްރޫއިން މިހާރު އިޚްތިޔާރުކުރެވިފައިވާ ކަމަށެވެ.

ސަޢުދީ އެއަރލައިން އިން އެޤައުމުގެ އަންހެން ކެބިން ކްރޫއިން އަށް ވަޒީފާގެ ފުރުޞަތު ހުޅުވާލާފައި މިވަނީ މީގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. އެކަން ހާމަކޮށް އެއާރލައިން އިން މީގެ ކުރިން ކޮށްފައިވާ އިޢުލާނުގައި ޝަރުޠުގެ ގޮތުގައި ބުނެފައި ވަނީ، ސާނަވި ތަޢުލީމު ލިބިފައި ވުމާއެކު އިނގިރޭސި ބަހުން ފަރިތަކޮށް ލިޔެކިޔަން އެނގުމުގެ އިތުރުން، ޢުމުރުން 20 އަހަރާއި 30 އަހަރާ ދެމުދުގެ ޒުވާނުންނަށް ވުމެވެ.

ސަޢުދީ އެއަރލައިން އިން ފުރަތަމަ ފިޔަވަހީގެ ދަށުން މިނެގި ކްރޫއިން ޢަމަލީ ގޮތުން މަސައްކަތް ކުރަންފަށާނީ، 2 މަސްދުވަހުގެ ޓްރެއިނިންގ އަކަށް ފަހުގައިކަންވެސް، ސަޢުދީ އެއަރލައިން އިން ހާމަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *