Ad
ޖަރުމަނުގެ ޕައިލެޓް ކާރމަރ ޖައްވުގައި ކުރެހި ސިރިންޖް-: ފޮޓޯ: ފްލައިޓް ރާޑަރ/ރޮއިޓާރސް  
ޖަރުމަނުގެ ޕައިލެޓް ކާރމަރ ޖައްވުގައި ކުރެހި ސިރިންޖް-: ފޮޓޯ: ފްލައިޓް ރާޑަރ/ރޮއިޓާރސް  

ކޮވިޑް ވެކްސިން ދުނިޔެއަށް ލިބެންފެށުން ފާހަގަކުރުމަށް ޕައިލެޓަކު ޖައްވުގައި ސިރިންޖެއް "ކުރަހައިފި"

މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ޢާލަމީ ވަބާއެއްކަމުގައިވާ ކޮވިޑް-19 ބައްޔަށް ހޯދުނު ވެކްސިން ދުނިޔެއިން ބޭނުންކުރަން ފެށުން ފާހަގަކުރުމުގެ ގޮތުން ޖަރުމަނުގެ ޕައިލެޓަކު ޖައްވުގެ ތެރޭގައި ސިރިންޖެއް ކުރަހައި ފިއެވެ.

ސެމީ ކާރމަރ ނަމަކަށް ކިޔުނު ޢުމުރުން 20 އަހަރުގެ ޒުވާން މި ޕައިލެޓް ފްލައިޓެއް ބޭނުންކޮށްގެން، ސިރިންޖަކުން ވެކްސިން ދެވެމުންދާ މަންޒަރު ފްލައިޓް ރާޑަރ ޖީޕީއެސްގައި ކުރަހާފައި މިވަނީ ފާއިތުވެދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

ޖަރުމަނުގެ ދެކުނު ސަރަހައްދެގައި ކޮންސްޓެންސް ލޭކާ ދިމާލުން ޖައްވުގެ ތެރޭގައި ކުރެހި މިކުރެހުމަށް ޒުވާން ޕައިލެޓް ވަނީ 200 ކިލޯ މީޓަރުގެ އުދުހުމެއް އުދުހެންޖެހުނުކަންވެސް ފާހަގަކޮށްލެވެއެވެ.

"އެއީ އުފާވެރިކަމުގެ ނިޝާނެއް ވެސްމެ. ވައިގެ ދަތުރުފަތުރުގެ ދާއިރާއަކީ ކޮވިޑް-19 ގެ ސަބަބުން އެންމެބޮޑަށް ގެއްލުންވީ ދާއިރާ" 

ރޮއިޓާރސް ޓީވީއަށް ދިން ބަސްދީގަތުމެއްގައި އެ ކުރެހުމުގެ މަޤްޞަދާ ބެހޭގޮތުން ވާހަކަދައްކަމުން ޕައިލެޓް ބުނެފައި ވެއެވެ.

އަދި މީގެ އިތުރުން، ކޮވިޑް ވެކްސިން ޤަބޫލުނުކުރާވެސް ގިނަ ބަޔަކު އުޅެމުންދާތީވެ އެފަދަ ފަރާތްތަކުންވެސް މި ވެކްސިނާމެދު އިތުރަށް ވިސްނުމަށް މަގުފަހިކުރުމަކީވެސް، ޒުވާން ޕައިލެޓްގެ ހުނަރުން ފުރިގެންވާ މި ތަކްލީފުގެ މަޤްޞަދެއްކަންވެސް އޭނާ ހާމަކުރިއެވެ.

ޖަރުމަނު ވިލާތުގައިވެސް ކޮވިޑް ވެކްސިން ދިނުމުގެ ޤައުމީ ކެމްޕެއިން އާދީއްތަ ދުވަހު އެޤައުމުގެ ސަރުކާރުން ރަސްމީކޮށް ފައްޓާފައި ވާއިރު، މިއަހަރުގެ ބާކީ މިއޮތް ދުވަސްތަކުގެ ތެރޭގައި 1.3 މިލިއަން ޑޯޒު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށްވެސް އެޤައުމުގެ ސަރުކާރުން ހާމަކޮށްފައި ވެއެވެ. އަދި، މިފެށޭ ޖެނުއަރީ މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ މައްޗަށް 70000 ޑޯޒް ފޯރުކޮށްދެވޭނެ ކަމަށްވެސް ޖަރުމަނުގެ ސަރުކާރުން ހާމަކޮށްފައި ވޭމެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *