Ad
ކޮވިޑް-19 ފެތުރުން ހަންމަތަކުރުމުގެ ގޮތުން ޔޫއޭއީ ގެ ފުލުހަކު މީހުންގެ ހަށިގަނޑުގެ ހޫނުމިން ދެނެގަންނަ ސްމާޓް ހެލްމެޓެއް ބޭނުކުރަނީ -: ފޮޓޯ: އޭއެން
ކޮވިޑް-19 ފެތުރުން ހަންމަތަކުރުމުގެ ގޮތުން ޔޫއޭއީ ގެ ފުލުހަކު މީހުންގެ ހަށިގަނޑުގެ ހޫނުމިން ދެނެގަންނަ ސްމާޓް ހެލްމެޓެއް ބޭނުކުރަނީ -: ފޮޓޯ: އޭއެން

ޔޫއޭއީ ގައި އެއް ދުވަހުން ފައްސިވީ ޢަދަދު ދޮޅުހާހުން މައްޗަށް އަދި ކޮވިޑްގެ އާވައްތަރުވެސް ފެނިއްޖެ

މެދުއިރުމަތީގެ މުއްސަނދި ޢަރަބި ދަޢުލަތެއްކަމުގައިވާ ޔޫއޭއީ ގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޢަދަދު 1700 އަށްވުރެވެސް މައްޗަށް ގޮސްފައި ވާއިރު މީގެ ތެރޭގައި ކޮވިޑް-19 ގެ އައު ވައްތަރުވެސް ފެނިފައިވާކަން އެގައުމުން ހާމަކޮށްފިއެވެ.

ފަތުރުވެރިކަމާއި ވިޔަފާރީގައިވެސް ދުނިޔޭގެ ނިޞްބަތުން މަޤްބޫލު މުހިންމު ހަބެއް ކަމުގައިވާ ޑުބާއީ ހިމެނޭ ޔޫއޭއީގައި ކޮވިޑް-19 އަށް ފައްސިވީ ޢަދަދު މިއަދު ބޮޑުތަނުން އިތުރުވެ، އާވައްތަރުވެސް އިއްޔެ އެޤައުމުން ފެނިފައި މިވަނީ، އިނގިރޭސިވިލާތުގައި ފެތުރެންފެށި ކޮވިޑްގެ އާވައްތަރުން ރައްކާތެރިވުމުގެ ގޮތުން އެޤައުމުގައި ފެށި "މާސް" ޓެސްޓިން ކެމްޕެއިން އެއްގެ ތެރެއިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ދޮޅު ލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޓެސްޓްކުރެވުމާއެކުއެވެ.

ޔޫއޭއީގައި ކޮވިޑް-19 އަށް ފައްސިވީ ޖުމްލަ މީހުންގެ ޢަދަދު 2 ލައްކައަށްވެރު މައްޗަށް އަރާފައި ވާއިރު، މިބަލީގައި މިހާތަނަށް ނިޔާވި މީހުންގެ ޢަދަދަކީ 665 މީހުންކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *