Ad

ސެކިޔުރިޓީ ކެމެރާތަކަށް އާޓިފިޝަލް އިންޓެލިޖެންސް

ސެކިޔުރިޓީ ކެމެރާ އާއްމުކޮށް ބަހައްޓަނީ ވައްކަންކޮށްފާނެތީ، އެ މީހަކު ދެނެގަތުމަށާއި، އަނިޔާވެރި އަމަލެއްކޮށްފާނެ ތަނެއްގައި، އެ ބަޔަކު ދެނެގަތުމަށެވެ. ނަމަވެސް، ސެކިޔުރިޓީ ކެމެރާ މޮނިޓަރކުރަން މީހަކު ނެތް ނަމަ، އެ ކަމެއް ހިނގަމުންދާއިރު، އެއީ ހިނގާ ކަމެއްކަން ވެސް، ވަގުތުން ވަގުތަކަށް ނޭނގެ އެވެ.

ތަހުޒީބީ ޒަމާނަށް އައި ގިނަގުނަ ބަދަލާއެކު މިކަން މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. އެއީ ފަހުގެ ސެކިޔުރިޓީ ކެމެރާތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ބައުތައް ހިމަނަށް ފަށާފައިވާތީއެވެ. މިބާވަތުގެ ކެމެރާތަކުން ކަނޑި އަދި ބަޑި ވެސް ދެނެގަނެވޭއިރު، ބަޑި ފަދަ އާލާތެއް ހިފައިގެން މީހަކު ފިހާރައަކަށް ނުވަތަ ބޭންކަކަށް ވަދެއްޖެ ނަމަ، އެ ތަނުގައި ތިބި ބަޔަކަށް އެނގުމެއް ވެސް ނުވެ، އެކަން ފުލުހަށް ވެސް އެންގޭފަދަ ގާބިލުކަންވެސް އެކުލެވެއެވެ. އަދި ނެޓްވޯކްގެ ޒަރިއްޔާއިން ގުޅިފައި ހުރި ނަމަ ހުރި ގުޅިފައިވާ ކޮންމެ ބަޔަކަށް ވެސް އެންގޭހާ ގާބިލެވެ.

މިއީ ސެކިޔުރިޓީ ކެމެރާތަކަށް އައުން ލަސްވެއްޖެ ވެސް ތަރައްގީއެކެވެ. މިލިޓަރީ ސަރަހައްދުތަކަށް ޚާއްސަ ސެކިއުރިޓީ ކެމެރާތަކާއި އެއާއި ގުޅޭ އެހެނިހެން  އާލާތްތަކަށް، ބޮން، ބަޑިބޭސް އަދި ކެމިކަލް ފަދަ ބާވަތްތައް ވަކިކުރަން އެނގުމަކީވަރަށް ކުރީއްސުރެ ބޭނުން ކުރަމުން އައި ޓެކްނޮލޮޖީއެއް ނަމަވެސް، އާންމު ތަންތަނަށް އަދި ފަރުދީ ބޭނުންހިފޭ ފަށަށް އަދި  މިހަމަ މި ޓެކްނޮލޮޖީ އައީ އެވެ. ނުރައްކާތެރި ހަތިޔާރު އަދި ފަނާކުރަނިވި އާލާތްތައް ގެންގުޅޭ ސަރަހައްދުތައް ބަލައި ފާސްކުރުމަށް މިއީ ދުނިޔެ އަށް ނުހަނު ބޭނުންޖެހިފައިވާ ޓެކްނޮލޮޖީއެކެވެ. އެމެރިކާ ފަދަ، ބަޑި ގެންގުޅުން އާންމު ތަންތަނުގައި، ސްކޫލުތަކަށް ވަދެ ބަޑިޖަހަމުން ދާއިރު، އެތައް ބަޔަކު މަރުވާ ފަހުން ނޫން ގޮތަކަށް އަދި ހާލަތު ބަދަލުވެފައެއް ނުވެ އެވެ. އެހެންކަމުން، އާޓިފިޝަލް އިންޓެލިޖެންސް  ސެކިއުރިޓީ ކެމެރާތަކަކީ، މިފަދަ މާހައުލުތައް ރައްކާތެރިކޮށްދޭ ވަސީލަތަކަށް ވާނެކަން ކަށަވަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *