Ad
އިޒްރޭލު ސިފައިންގެ ބަޑީގެ ހަމަލާއަކުން ޝަހީދުކޮށްލި ފަލަސްތީނުގެ ޒުވާނާގެ ހަށިގަނޑު ޢާއިލާއާ ޙަވާލުކުރެވެނީ
އިޒްރޭލު ސިފައިންގެ ބަޑީގެ ހަމަލާއަކުން ޝަހީދުކޮށްލި ފަލަސްތީނުގެ ޒުވާނާގެ ހަށިގަނޑު ޢާއިލާއާ ޙަވާލުކުރެވެނީ

ޔަހޫދީ ސިފައިން ޝަހީދުކޮށްލި ފަލަސްތީނުގެ ޒުވާނާގެ ހަށިގަނޑު ޢާއިލާއާ ޙަވާލުކުރީވެސް 10 މަސް ފަހުން

މުސްލިމުންގެ މުޤައްދަސު ބިމެއްކަމަށްވާ ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅެމުންދާ ޔަހޫދީ ދައުލަތް އިޒްރޭލުގެ ސިފައިން ޝަހީދުކޮށްލި ފަލަސްތީނުގެ ޒުވާނެއްގެ ހަށިގަނޑު 10 މަސް ދުވަސް ފަހުން ޢާއިލާއާ ޙަވާލުކޮށްފިއެވެ.

މާހިރު ނަމަކަށް ކިޔުނު ޢުމުރުން 33 އަހަރުގެ މި ޒުވާނާގެ ހަށިގަނޑު މޯޗަރީގައި ބޭއްވުމަށްފަހުގައި ޢާއިލާއާ މިއަދު ޙަވާލުކޮށްފައި ވާއިރު، މިޒުވާނާ ޝަހީދުކޮށްލާފައި ވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. އަލް އަޤްޞާ މިސްކިތުގެ "ލަޔަންސް ގޭޓް" ކައިރީގައި އިޒްރޭލު ސިފައިން ދިން ބަޑީގެ ޙަމަލާގައި މިޒުވާނާ ޝަހީދުކޮށްލިއިރު، ފަލަސްތީނުގެ އިތުރު އުޚްތަކުވެސް މި ޓެރަރިސްޓް ޙަމަލާގައި ޒަޙަމްކޮށްލާފައި ވެއެވެ.

ޔަހޫދީ ސިފައިންގެ ރަޙުމުކުޑަ ބަޑީގެ ޙަމަލާއެއްގައި ޝަހީދުކޮށްލި މާހިރު

އަތުގައި އޮތް ކުޑަ ފިޔޮއްސެއް ބޭނުންކޮށްގެން، ހަށިރައްކަލުގެ އެންމެ ޒަމާނީ ޖެކެޓާއި ފަހުގެ ހަތިޔާރުތައް އަޅައިގެން ތިބި އިޒްރޭލު ސިފައިންގެ ފައުޖަކަށް ވަޅިން ހަމަލާދޭން އުޅޭކަމުގެ ދޮގު ތުހުމަތެއް ކުރުމަށްފަހުގައި "އޮންދަ ސްޕޮޓް" ގައި ލީތަލް ވެޕަން މި ޒުވާނާއާ ދެކޮޅަށް ބޭނުންކޮށް، މުސްލިމުންގެ މުޤައްދަސް މިސްކިތެއްކަމަށްވާ އަލް އަޤްޞާ މިސްކިތުގެ ފާރެއްގެ ކައިރިއަށް ވައްޓާލައި ދަމާ ކޫއްތާފައި ގެންދިއުމަށްފަހުގައި ދެވަނަ ފަހަރަށްވެސް މިޒުވާނާގެ ގަޔަށް ޔަހޫދީ ސިފައިން ބަޑިޖަހައި އެންމެފަހުން ޝަހީދުކޮށްލީއެވެ.

އިޒްރޭލު ސިފައިން ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ފަސްގަނޑަށް ގަދަބާރުން، ދުނިޔޭގެ ޤާނޫނުތަކާއި ޗާޓަރުތަކާވެސް ޚިލާފަށް ވެރިވެގަނެ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޓެރަރިޒަމްގެ ޢަމަލުތަކާއެކު، ކުށެއްނެތް މަޢުޞޫމު ރައްޔިތުން ޤަތުލުކޮށް ޝަހިދުކުރުމަކީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިންގެ އާދައެކެވެ. އެންމެ ކުޑަމިނުން، ކުޑަކުއްޖެއް އަންހެނެއް ނުކުޅެދުންތެރިކަން ހުންނަ މީހެއް ނުވަތަ ދުވަސްވީ ފަރާތެއްވެސް ބެލުމެއް ނެތިވެސް މެއެވެ.

އަޑުއިވުމުގެ ނަޞީބުން މަޙްރޫމްވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަލަސްތީނުގެ ޒުވާނެއް އިޒްރޭލުގެ ސިފައިން އެންގުމުން ނުހުއްޓުނުކަމަށް ބުނެ އިޒްރޭލު ސިފައިން އެޒުވާނާގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލި ޖަރީމާއަކީވެސް އެފަދަ ކުޑަކުޑަ އެންމެ މިސާލެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *