Ad

ރައީސް ޞާލިޙް "މޯލްޑިވްސް ޓޫރިޒަމް ބްލެޓިން" މަޖައްލާގެ ފުރަތަމަ ޢަދަދު ނެރެދެއްވައިފި

ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވުޒާރާއިން "މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" ގެ ނަމުގައި އަލަށް ނެރެންފެއްޓި ފަތުރުވެރިކަމުގެ މަޖައްލާގެ ފުރަތަމަ ޢަދަދު، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނެރެދެއްވައިފިއެވެ.

މޯލްޑިވްސް ޓޫރިޒަމް ބުލެޓިންގެ ފުރަތަމަ ޢަދަދު އިފްތިތާޙުވެގެން ދިއުމުން ފަޚުރުވެރިވަން. ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކިޔަވާ ކުދިންގެ އިތުރުން ފަތުރުވެރީންނަށްވެސް ބޭނުންތެރި މުހިންމު މައުލޫމާތުތައް ލިބިގެންދާނެ މަޞްދަރަކަށް މި މަޖައްލާ ވެގެންދާނެކަމަށް ޔަޤީންކުރަން"

ފަތުރުވެރިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ނެރެންފެއްޓި މަޖައްލާގެ ފުރަތަމަ ޢަދަދު އިފްތިތާޙުކޮށްދެއްވިކަން ހާމަކުރަށްވައި މީގެ ކުޑައިރުކޮޅެއް ކުރިން ރައީސް ޞާލިޙުކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

މިއަދު އިފްތިތާޙުވެގެން މިދިޔަ ޓޫރިސްޓް މަޖައްލާގެ ފުރަތަމަ ޢަދަދުގައި މުޤައްދިމާ (ފެށުން) ގެ ގޮތުގައި ހިމެނިފައި ވަނީވެސް ރައީސް ޞާލިޙުގެ ބަސްކޮޅެއްކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *