Ad
ފުޓްބޯޅަ މެޗެއްގައި ކުޅެމުންދިޔަ ކުޅުންތެރިއެއްގެ ކުއްލި މަރެއް
ފުޓްބޯޅަ މެޗެއްގައި ކުޅެމުންދިޔަ ކުޅުންތެރިއެއްގެ ކުއްލި މަރެއް

އެއެއްޗަކާ ކިތަންމެ ދުރަށް ދުވިނަމަވެސް އިންސާނާއާ އެންމެ ކައިރީގައިވާ އެއްޗަކީ ހަމަ މަރެވެ: ޚުޠްބާ

ދުނިޔޭގައި އިންސާނާ އުޅެމުންދާ ޙަޔާތުގައި އެއެއްޗަކާ ކިތަންމެ ދުރަށް ދުވިނަމަވެސް އިންސާނާއާ އެންމެ ކައިރީގައިވާ އެއްޗަކީ ހަމަ މަރުކަމަށް، މަރުމަތިން ހަނދާން އާކޮށްދެއްވައި މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކުރަށްވައި ފިއެވެ.

ކިތަންމެ ބޮޑު މުއްސަންޖަކަށް ވިޔަސް ފަޤީރަކަށް ވިޔަސް އަދި ބޮޑުމީހަކަށް ވިޔަސް ނުވަތަ ކުޑަކުއްޖަކަށް ވިޔަސް، އަދި ކިތަންމެ ދިގު މުއްދަތަކަށް ދުނިޔޭގަ އުޅުނަސް، އަދި ކިތަންމެ ވަރުގަދަ ތަނެއްގައި ބަންދުވެގެން ހުރިކަމުގައި ވިޔަސް އެއިން ކޮންމެ މީހަކާވެސް މަރު ބައްދަލުކުރާނެކަން ހަނދާންކޮށްދެއްވައި؛ "އިންސާނާއާ އެންމެ ކައިރީގައިވާ އެއްޗަކީ މަރެވެ. އަދި އިންސާނާ އެއެއްޗަކާ އެންމެ ދުރަށް ދުވެފައިދާ އެއްޗަކީ ވެސް މަރެވެ" މިއަދުގެ ޚުޠުބާގައި ބަޔާންކުރަށްވާފައި ވެއެވެ.

މިދުނިޔެއަށް މާތް ﷲ އިންސާނުން ފޮނުއްވެވި މަތިވެރި މާތް މަޤްޞަދަކީ، ހަމައެކަނި އެކަލާނގެ އެންގެވި ގޮތުގެ މަތީން ޙަޔާތުގެ ދުވަސްތައް ހޭދަކުރުން ކަމަށާއި، ﷲ ޞުބްޙާނަހޫ ވަތަޢާލާ މިދުނިޔެ ލައްވާފައިވަނީ އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި މަސައްކަތް ކުރާނެ މައިދާނެއްކަމުގައި ކަމަށްވެސް ޚުޠުބާގައި ބަޔާންކުރަށްވާފައި ވެއެވެ.

އިރުވެސް މެދުޖެހުމަށްފަހު އޮއްސުމާ ދިމާލަށް ދަތުރުކުރާ ކުރުމުން މިސާލުނަންގަވައި، ކޮންމެ ކަމެއްވެސް ވާންއޮތް އެންމެ ފުރިހަމައަށް ވުމަށްފަހު ދެން އަންނާނީ އުނިވުމުގެ ދައުރާއި ނެތިދިއުމުގެ ދައުރުކަން ފާހަގަކުރެއްވުމާއެކު، ދުނިޔެއަށް އުފަންވުމާއި މަރުވުމަކީވެސް ހަމަ އެފަދައިން ތަޤްދީރުކުރެވިގެން އެކަކުވެސް އިސްތިސްނާވުމެއް ނުވާ، އިލާހީ ސުންނަތެއްކަމަށް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މަރާބެހޭ ގޮތުން ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތުން ސާބިތުވާ ގިނަ ދަލީލުތަކެއްވެސް މިއަދުގެ ޚުޠުބާގައި ޒިކުރުކުރަށްވާފައި ވާއިރު، ދުނިޔޭގެ ޙަޔާތަށް އެއްކޮށް ހެއްލިގެންގޮސް އުޚްރަވީ ޙަޔާތް ގެއްލިގެން ނުދިއުމަށް ކުރެވިދާނެ މުހިންމު ކަމަކާއި، މަރަކީ ވޭންދެވިނި އެއްޗެއްކަން ހާމަވެގެންދާ ޙަދީޘް ބަސްފުޅުތަށްވެސް ގެންނަވާފައި ވެއެވެ.

އަދިހަމަ، މިއަދުގެ ޚުޠުބާގައި؛ "ތިޔަބައިމީހުން ދުނިޔޭގެ އެދުންތަކާއި ލައްޒަތް ކަނޑުވާލާ (މަރު) މަތިން ގިނަގިނައިން ހަނދާންކުރާށެވެ." މިފަދައިން ބަޔާންކުރަށްވާފައިވާ ހަދީޘް ބަސްފުޅު ޚުޠުބާގައި ގެންނެވުމާއެކު، ކުރިމަތި ލާންޖެހޭނެކަން ކަށަވަރުވީނަމަވެސް އެކަމުގެ ކަށަވަރު ވަގުތުގެ ހިލަމެއްވެސް ނުވާނެ މަރަށް ތައްޔާރުވެ ތިބުމަށް ދިވެހި ލޮބްވެތި އެންމެހައި މުސްލިމުންނަށް ނަޞީޙަތްތެރިވެ ވަޞިއްޔަތްކޮށްފައި ވޭމެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *