Ad

2020 ވަނަ އަހަރު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިން

ޔޫރަޕުގެ މުބާރާތް ތަކުގެ ތެރެއިން 2020 ވަނަ އަހަރަކީ ގަދަ ފަސް ލީގުގަ ކުޅުނު ކުޅުންތެރިންގެ ތެރެއިން ގިނަ ލަނޑުތަކެއް ފެނިގެން ދިޔައިރު ތަފާތު މޮޅެތި ލަނޑުތައް ވެސް ވަނީ ފެނިގެން ގޮސްފައެވެ.

ރޮނާލްޑޯ

މުޅި އަހަރުގެ ޔޫރަޕުގެ ގަދަ ފަސް ލިގުގެ ތެރެއިން އެންމެ ގިނަ ލަނދުޖެހި ކުޅުންތެރިޔަކީ އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މުޅިއަހަރަށް ބަލާއިރު ރޮނާލްޑޯ ވަނީ 33 ލަނޑު ކާމިޔާބުކޮއްފައެވެ. އިޓާލިއަން ސެރިއާގައި ރޮނާލްޑޯ އެންމެ ގާތުން ލަނޑު ލިސްޓުގައި ވާދަކުރީ ލާޒިޔޯގެ ޗިރޯ އިމޮބިލޭއެވެ. އިމޮބިލޭ ވަނީ ހުސްވި އަހަރުގައި 28 ލަނޑު ކާމިޔާބުކޮއްފަ އެވެ. އިޓާލިއަން ސެރިއާގެ ތިން ވަނަ އެންމެ ގިނަ ލަނޑު ޖެހި އިންޓަމިލާނުގެ ރޮމެލޫ ލުކާކޫ އަށް ޖެހިފަވަނީ 22 ލަނޑެވެ. މީގެ އެއް އަހަރު ކުރިން އިިޓަލީގެ އެސީ މިލާން ގުޅުނު ޒަލްޓަން އިބްރަހިމްވިޗް އަށް މިދިޔަހަރު ޖެހުނީ 20 ލަނޑެވެ. އިޓާލިއަން ސެރިއާގެ ފަސްވަނައަށް އެންމެ ގިނަ ލަނޑުޖެހީ ސަސުލޯއަށް 19 ލަނޑުޖެހި ފްރެންސިސްކޯ ކަޕޫޓޯ އެވެ.

ޔޫރަޕުގެ ލީގު ތަކުގެ ތެރެއިން ދެން އެންމެ ގިނަ ލަނޑުޖެހީ ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރޮބާޓް ލެވޮންޑެސްކީ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ބަޔާން އަށް ލީގުގައި 33 ލަނޑު ކާމިޔާބުކޮއްފައެވެ. ބުންޑަސްލިގާގައި ދެވަނައަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކީ ބްރޫޝިޔާ ޑޯޓްމަންޑްގެ އާލިންގް ހާލަންޑް އެވެ. ހާލަންޑް 23 ލަނޑު ކާމިޔާބު ކުރިއިރު އަންދަރޭ ސިލްވާ ވަނީ ފްރެންކްފާޓް އަށް ލީގުގައި 18 ލަނޑު ކާމިޔާބުކޮއްފަ އެވެ. ހަމަ މިއަދަދަށް ވޮލްފްބާގްގެ ވޮއުޓް ވެގްހޯސްޓް ވަނީ ލަނޑުތައް ޖަހައިފައެވެ. ޖަރުމަނު ލީގުގެ ފަސްވަނައަށް އެންމެ ގިނަ ލަނޑުޖެހީ ބްރޫޝިޔާ މޮންޗެލްބެކްގެ ލަރިސް ސްޓިންޑެލް އެވެ. އޭނާ ވަނީ 16 ލަނޑު ކާމިޔާބުކޮއްފަ އެވެ.

ހުސްވި އަހަރަކީވެސް އިނގިރޭސި ލީގުގައި ލިވަޕޫލްގެ މުހަންމަދު ސަލާހުގެ ވިދުން ގަދަ އަހަރެކެވެ. އޭނާ ވަނީ ދެވަނަ އަހަރަކަށް ލީގުގެ އެންމެ ގިނަ ލަނޑުޖެހުމުގެ ޝަރަފުހޯދާފައެވެ. މިދިޔަ އަހަރު 23 ލަނޑު އެނާ ލީގުގައި ކާމިޔާބުކުރި އިރު މި ޝަރަފް ހޯދި ފުރަތަމަ އަހަރު 2018 ވަނަ އަހަރު އޭނާ ވަނީ 28 ލަނޑު ކާމިޔާބުކޮއްފަ އެވެ. ދެވަނައަށް ލީގުގައި އެންމެ ގިނަލަނޑު ޖެހި މެންޗެސްޓަރ ޔުނައިޓެޑުގެ ބްރޫނޯ ފެނާންޑޭޒް އަށް ޖެހުނީ 18 ލަނޑެވެ. ތިންވަނަ އަށް އެންމެ ގިނަ ލަނޑުޖެހީ ލެސްޓާ ސިޓީގެ ޖިމީ ވާޑީ އާއި ޓޮޓެންހަމްގެ ސަން އެވެ. މި ދެކުޅުންތެރިން ވަނީ މިދިޔައަހަރު ލީގުގައި 17 ލަނޑު ކާމިޔާބުކޮއްފައެވެ. ލީގުގައި ހަތަރުވަނަ އަށް އެންމެ ގިނަ ލަނޑުޖާހަފަވަނީ އެވަޓަންގެ ކުލަވެޓް ލެވިން، ޓޮޓެންހަމްގެ ހެރީ ކޭން، އަދި ސައުތުހެމްޓަންގެ ޑެނީ އިންގްސް އެވެ. މީގެން ކޮންމެ ކުޅަންތެރިޔަކު ވަނީ 16 ލަނޑު ކާމިޔާބުކޮއްފަ އެވެ.

ސްޕެނިޝް ލަލީގާއަށް ބަލާއިރު 19 ލަނޑުޖަހައިގެން އަހަރުގެ އެންމެ ގިނަލަނޑު ޖެހީ ބާސެލޯނާގެ ލިއޮނަލް މެސީއެވެ. ވިޔަރެއާލްގެ ޖެރާޑް މޮރެނޯ 18 ލަނޑުޖަހައިގެން ދެވަނަ ހޯދިއިރު 17 ލަނޑުޖަހާ ތިންވަނަ ހޯދީ ރެއާލް މެޑްޜިޑުގެ ކަރިމް ބެންޒީމާ އެވެ. ރާއްޖޭގެ ސްޕޮންސަރ ސެލްޓަވީގޯގެ އިއާގޯ އަސްޕަސް 16 ލަނޑާއެކު ލިސްޓުގެ ހަތަރުވަނައިގަ އޮތްއިރު މި ސީޒަންގައި އެތުލެޓިކޯއަށް ބަދަލުވި ލުއިސް ސުއަރޭޒް ވަނީ ބާސެލޯނާ އާއި އެތުލިޓިކޯގައި އެކޮށް 14 ލަނޑުހަމަކޮއްފައެވެ.

ފްރެންޗް ލީގުގައި އަހަރުގެ އެންމެ ގިނަ ލަނޑުޖެހީ 19 ލަނޑު ކާމިޔާބުކުރި ޕީއެސްޖީގެ ކައިލަން އެމްބާޕޭ އެވެ. ދެވަނައިގަ އޮތީ ލީގުގައި މޮނާކޯއަށް 12 ލަނޑު ކާމިޔާބުކުރި ވިސާމް ބެން ޔެޑާރ އާއި ރެމިސްގެ ބައުލޭ ޑިއަރ އެވެ. ލިޔޯން ގެ ކާލް ޓުކޯ ކަމްބީ ވަނީ ލީގުގައި 11 ލަނޑު ޖަހާފައެވެ.

މުޅިއަހަރަށް ބަލާއިރު ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑުޖެހީ 8 ލަނޑުޖެހި ބަޔާން ގެ ލެވޮންޑެސްކީ އާއި ޑޯޓްމަންޑްގެ ހާލަންޑް އެވެ. މި ސީޒަންގައި ޔުވެންޓަސްއާ ގުޅުނު އަލްވާރޯ މޮރާޓާ ވަނީ އެތުލެޓިކޯގަ އާއި ޔުވެންޓަސް އަށް މުބާރާތުގައި ޖެހި ލަނޑުތަކާ އެކު އަހަރުގައި7 ލަނޑުހަމަކޮއްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *