Ad
ހުޅުމާލެ ފޭސް2 ގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް-: ފޮޓޯ: ޕީއެސްއެމް
ހުޅުމާލެ ފޭސް2 ގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް-: ފޮޓޯ: ޕީއެސްއެމް

އެކަނިވެރި މައިންގެ ދިރިއުޅުމުގެ ޙާލަތުގައި ދެމަފިރިން އެކުގައި "ނިދޭ ނުނިދޭ" އަށް 5 ޕޮއިންޓް

ހިޔާ ފްލެޓްތަކުން އެކަނިވެރި، މައިން ނުވަތަ ބަފައިންނަށް ޚާއްޞަކުރެވުނު ފްލެޓްތަކަށް ކުރިމަތިލީ އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކޮށް ޕޮއިންޓްދެވޭ އުޞޫލުގައި، ދެމަފިރިން އެކުގައި ނިދާނެ ކޮޓަރިއެއް ހުރިނަމަ 5 ޕޮއިންޓް ލިބޭނެކަމަށް ކަނޑައަޅައި އެ އުޞޫލު އެކުލަވާލާފައި ވާކަމަށް ބުނެ "ޢާންމު އެކުވެރި ގުޅުން" ޖަމިއްޔާއިން ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކުރިން "ކޮތަރު ކޮށި" ނަމުގައި އިޖްތިމާޢީ މަންސަތަކުގައި ނުރަސްމީކޮށް ކުރިއަށް ގެންދެވުނު ޙަރަކާތެއްގެ ތެރެއިން އުފަންވެގެން އައި އެ ޖަމިއްޔާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި އެ އުޞޫލުވެސް ޢާންމުކުރުމަށްފަހު އިތުރަށް ބުނެފައި ވަނީ، އެއީ ތެޅިފޮޅިގެން އުޞޫލު ހެދީމާ ވާގޮތްކަމަށެވެ.

އެކަނިވެރި މައިން ނުވަތަ ބަފައިންގެ ކެޓެގަރީގެ ފޯމުތަކަށް ޕޮއިންޓްދެވޭނެ ގޮތް ކަނޑައަޅާފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުން، އެކަނިވެރި މައިން ނުވަތަ ބަފައިންގެ ތެރެއިން، ކައިވެނިކޮށްގެން އުޅޭނަމަ އަދި ދެމަފިރިން ނިދުމަށް ވަކި ކޮޓަރިއެއް ނުހުންނަ ނަމަ އެޙާލަތަށް 5 ޕޮއިންޓް ދޭގޮތަށް ކަނޑައަޅާފައި ވެއެވެ.

އަދި، އެ ދެމަފިރިންނާއެކު އެއް ފާޚާނާއެއް ބޭނުންކުރަނީ 4 ފަރާތަށްވުރެ މަދުން ކަމުގައި ވާނަމަ 2 ޕޮއިންޓް، އަދި 4 ފަރާތަށްވުރެ ގިނައިން ކަމުގައި ވަނީނަމަ 5 ޕޮއިންޓް ލިބޭނެކަމަށްވެސް، އެއުޞޫލުގައި ބުނެފައި ވާއިރު، އެއުޞޫލަށް ފާޑުކިޔުން އަމާޒުވަމުން ދަނީ، އެކަނިވެރި މަޔަކަށް ނުވަތަ ބަފަޔަކަށް ވެގެންދިއުމުގެ އަސާސީ ޝަރުތަކީ ކައިވެންޏެއް ކޮށްގެން ނޫޅުންކަން، ސަލާމަތް ބުއްދީގެ ހަމަތަކުން ބެލިނަމަވެސް ކަށަވަރުވެގެންދާ ހިނދުއެވެ.

ފާއިތުވެދިޔަ ސަރުކާރުން ކުރިއަށް ގެންގޮސް އެއްކޮށް ނިމުމަކާ ހަމައަށް ގެނެސްފައިވާ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭފަރާތްތަކަށް ރަސްމީ ލިޔުންވެސް، ވެރިކަމުގެ އެންމެ ފަހުދުވަސްތަކުގައި އޭރުގެ ހައުސިން މިނިސްޓްރީ އިން ދޫކޮށްފައި ވެއެވެ.

އެހެން ނަމަވެސް، ކުރީ ސަރުކާރުން ފްލެޓްތައް "ބެހުން" ގައި "ޖަރީމާ" ތަކެއް ހިންގާފައި ވާކަމަށް މިސަރުކާރަށް ޤަބޫލުކުރެވިގެން އޭގެ ހައްޤުވެރިންނަށް ފްލެޓް ދިނުމުގެ ބޭނުމުގައި ރައީސް ޞާލިޙް އުފެއްދެވި ފްލެޓް ކޮމިޓީން ވަނީ، ކުރިން ޢާންމުކުރި ލިސްޓުތައް ބާޠިލުކުރުމާއެކު ޕޮއިންޓް ދިނުމަށް އައު އުޞޫލުތަކެއް ކަނޑައަޅައި އެއުޞޫލުގެ ދަށުން ފްލެޓްލިބޭ މީހުންގެ ލިސްޓްތައް އަލުން ޢާންމުކޮށްފައި ކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *