Ad
ނަރުދޫއަށް ރޭގެ ދަންވަރު އުދައަރައި، ހެނދުނުވެގެން ދިޔައިރުވެސް ލޮނުގަނޑު ނުހިކި-: ފޮޓޯ: ކިޔުންތެރިން
ނަރުދޫއަށް ރޭގެ ދަންވަރު އުދައަރައި، ހެނދުނުވެގެން ދިޔައިރުވެސް ލޮނުގަނޑު ނުހިކި-: ފޮޓޯ: ކިޔުންތެރިން

އާ އަހަރާއެކު ނަރުދޫއަށް ވަރަށް ބޮޑަށް އުދައަރައި ގެއްލުންތަކެއް ވެއްޖެ

މިލަދުންމަޑުލު އުތުރުބުރީ ނަރުދޫއަށް ރޭ ދަންވަރުގެ ވަގުތެއްގައި ވަރަށް ބޮޑަށް އުދައަރައި ގެއްލުންތަކެއް ވެއްޖެއެވެ.

ރޭގެ މެންދަމުގެ 2 އާއި 3 އާ ދެމެދުގެ ވަގުތެއްގައި ށ. ނަރުދޫއަށް އުދައަރައި، އިރުއަރައިގެން އައިއިރުވެސް ލޮނުގަނޑު ހިނދިފައި ނުވާއިރު، މިހާރުވެސް "ފެން" ހިންދުމުގެ މަސައްކަތް އެރަށު ރައްޔިތުން ގެންދަނީ ކުރަމުންނެވެ.

ނަރުދޫއަށް އެރި އުދައާއެކު ރަށުގެ ބަނދަރު ސަރަޙައްދާއި އަދި އެސަރަހައްދާ ކައިރި ގެތައް ހިމެނޭ ސަރަހައްދުވެސް ކަކޫތާފެނަށް ދިޔަބޮޑުވެ، ބައެއް ގޭގެ ތެރެއަށް ވައްދާލި ލޮނުގަނޑުން ފާޚާނާ ތެރެވެސް ދިޔަބޮޑުކޮށްލާފައި ވެއެވެ.

ރޭ ދަންވަރު އެރި އުދައިގައި ނަރުދޫގެ ގެއެއްގެ އެތެރެއަށް ލޮނުގަނޑު ވައްދާލާފައި

ރޭގެ އުދައިގެ ސަބަބުން ޢާންމު ގެތަކުގެ އިންފްރާ ސްޓްރަކްޓަރ އަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް މިހާތަނަށް ފާހަގަވެފައި ނުވިނަމަވެސް، ޖެޓީއަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައި ވުމުގެ އިތުރުން، ޢާންމުންގެ އެހެނިހެން މުދަލަށް ގެއްލުންތަކެއް ލިބިފައިވާނެކަމަށް މިނޫހަށް މައުލޫމާތުދެއްވި ތަފާތު މަޞްދަރުތަކުން ފާހަގަކުރަށްވާފައި ވެއެވެ.

ނަރުދޫއަށް އުދައެރުމާ ގުޅިގެން ހަމަ އެވަގުތުން ފެށިގެންވެސް ކައުންސިލާއި ރައްޔިތުން ގުޅިގެން އުދައިގެ ގެއްލުން ކުޑަކުރުމަށާއި ލޮނުގަނޑު ހިންދުމުގެ މަސައްކަތްތައް ފަށައި މިހިނދުވެސް ކުރިއަށް ގެންދާއިރު، އުދައިގެ ސަބަބުން ލިބުނު ގެއްލުންތައް ކަށަވަރުކަމާއެކު ވަޒަން ކުރެވުމަށް އަދި ވަގުތުނަގާނެކަމަށް، ނަރުދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި، ވޭމެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *