Ad

މިޔަރު އުރަހަތައް އެކްސްޕޯޓް ކުރަން އުޅުނީ އެންޒީ އަކުން ނޫން: ކަސްޓަމަސް

އިއްޔެ ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅެނިކޮށް އަތުލައިގަތް މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ އެންޒީގެ ފޮށިގަނޑު ތަކެއްގައި ނަމަވެސް، މިޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއަރކޮށްފައިވަނީ އެންޒީ އިން ނޫން ކަމަށް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އިން ރޭ މެންދަމު ކުރި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅެނިކޮށް އަތުލައިގަނެވުނު މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ އެންޒީގެ ފޮށިގަނޑު ތަކެއްގައި ނަމަވެސް، މިޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއަރކޮށްފައި ވަނީ އެންޒީ އިން ނޫން ކަމަށެވެ. މިޔަރު އުރަހަ ޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއާ ކޮށްފައި ވަނީ ކޮން ކުންފުންޏަކުން ކަމެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެއެވެ.

ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް އިއްޔެ އަތުލައިގަތީ އޭވިއޭޝަން ސެކިއުރިޓީގެ ކާރގޯ ސްކްރީނިންގ ޔުނިޓުންނެވެ.

އެކްސްޕޯޓްކުރަން އުޅެނިކޮށް އަތުލައިގަތް އުރަހަތަކުގެ ބަރުދަނުގައި 429 ކިލޯ ހުރިކަމަށް ކަސްޓަމްސްއިން ބުނެއެވެ. މި އުރަހަތައް ބަންދުކޮށްފައި ހުރީ 21 ފޮށިގަނޑުގައެވެ. މި ފޮށިގަނޑު ތަކުގައި ޖަހާފައިވަނީ އެންޒީގެ ނަމެވެ. މިޔަރު އުރަހަތަައް އަތުލައިގަތްކަން ހާމަކޮށް ކަސްޓަމްސް އިން ފުރަތަމަ އާއްމުކުރި ފޮޓޯތަކުގައި އެންޒީގެ ލޯގޯ ހުރިނަމަވެސް ފަހުން އެޓްވީޓް ޑިލީޓްކޮށް އާފޮޓޯތަކެއް އުރަހަތައް ވަނީ އާންމުކޮށްފައެެވެ.

އޭވިއޭޝަން ސެކިއުރިޓީން ވިދާޅުވީ އެ ތަކެތި ބޭރު ކުރަން އުޅުނީ ‏ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން ކަމަށެވެ. ބޭރު ކުރަން އުޅުނު މިޔަރު އުރަހަތައް މިހާރު ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައިވާ ކަމަށްވެސް އޭވިއޭޝަން ސެކިއުރިޓީން ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި މިޔަރު ހިފުމާއި، މިޔަރުގެ އެއްވެސް ބާވަތެއް އެކްސްޕޯޓް ކުރުމަކީ މަނާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *