Ad

މެންޗެސްޓަރ ސިޓީއާއި ޗެލްސީ ބައްދަލުކުރި މެޗް ފަސޭހަކަމާއެކު ސިޓީން ކާމިޔާބުކޮށްފި

މިމެޗު ސިޓީއިން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާ އަކުން

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗު ސިޓީއިން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ސިޓީއިން ކާމިޔާބު ކުރި ތިން ލަނޑުވެސް ކާމިޔާބު ކޮށްފައި ވަނީ ފުރަތަމަ ހާފުގައެވެ.

މެޗްގައި ސިޓީން ޖެހި 3 ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. މެޗްގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ސިޓީއަށް ކާމިޔާބުކޮށްދިނީ ގުންޑަގަން އެވެ. އޭގެ ތިން މިނެޓުފަހުން އެޓީމަށް ލީޑު ފުޅާ ކޮށްދިން ލަނޑު ޑި ބްރުއިނާ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކޮށްދިނީ ފިލް ފޯޑެން އެވެ. އަދި ސިޓީގެ ފަހު ލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެވިން ޑި ބްރުއިނާ އެވެ. ޗެލްސީގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ 2 ވަނަ މިނެޓުގައި ކައި ހަވާޓްސް ދިން ޕާހަކުން ކާމިޔާބު ކޮށްދިނީ ހަޑްސަން އޮޑޯއި އެވެ.

ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން މިސީޒަނާއި ކުރިމަތިލި ޗެލްސީ އިން އެންމެ ފަހުން އެޓީމު ކުޅުނު ތިން މެޗުންވެސް މޮޅުވެވިފައެއް ނުވެއެވެ.

މި ނަތީޖާއާއިއެކު ކުޅުނު ފަނަރަ މެޗުން 29 ޕޮއިންޓް ހޯދައިގެން ސިޓީ އޮތީ ޕޮއިންޓް ތާވަލުގެ 5 ވަނައިގައެވެ. ޗެލްސީ ކުޅުނު ސަތާރަ މެޗުން ލިބުނު 26 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައަށް ވަނީ ވެއްޓިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *