Ad

ޕެލޭގެ ރެކޯޑް ރޮނާލްޑޯ މުގުރާލައިފި

ފުޓުބޯޅައިގެ އެންމެ އުހުގައި ވިދާލި ބްރެޒިލްގެ ލެޖެންޑް ޕެލޭގެ އޯލް ޓައިމް ގޯލް ސްކޯރިންގް ރެކޯޑް، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފިއެވެ. މި ރެކޯޑް ރޮނާލްޑޯ މުގުރާލީ އިޓަލިއަން ސެރީއާގައި ރޭ އުދިނޭޒީ އަތުން ޔުވެންޓަސް މޮޅުވި މެޗްގައި ގޯލް ޖަހައިގެންނެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗުގައި 1-4 ކާމިޔާބުކުރީ ޔުވެންޓަސް އެވެ. މި މެޗްގައި ޕެލޭގެ ރެކޯޑް ރޮނާލްޑޯ މުގުރާލީ މެޗުގައި ދެލަނޑު ކާމިޔާބުކޮށްގެންނެވެ. ރޮނާލްޑޯގެ ކެރިއަރުގައި ވަނީ ޖުމްލަ 758 ލަނޑު ކާމިޔާބު ކޮށްފައެވެ. ފުޓުބޯޅައިގެ ލެޖެންޑް ޕެލޭގެ ގޯލްގެ ޖުމްލަ އަދަދަކީ 757 ލަނޑެވެ.

ރޭ ކުޅުނު މި މެޗްގައި ޔުވެންޓަސްގެ ފުރަތަމަ ލަނޑު ރެމްސީ ތަނަވަސްކޮށްދިން ފުރުސަތަކުން ރޮނާލްޑޯ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައެވެ.

ޔުވެންޓަސްގެ ލީޑު ފުޅާ ކޮށްދިން ލަނޑު 49 ވަނަ މިނެތްގައި ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ފެޑެރިކޯ ޗިއެސާ ކާމިޔާބު ކުރި އިރު އެޓީމުގެ ތިންވަނަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކުރީ މެޗުގެ 70 ވަނަ މިނެޓުގައެވެ.

އުޑެނީސްގެ ހަމަ އެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައި ޒީގެލާ ކާމިޔާބު ކޮށްދިން އިރު ޔުވެންޓަސްގެ ފަހު ލަނޑު އިތުރު ވަގުތުގެ 3 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕައުލޯ ޑީބާލާ އެވެ.

މި ނަތީޖާ އާއިއެކު ކުޅުނު 14 މެޗުން 27 ޕޮއިންޓް ހޯދައިގެން ޔުވެންޓަސް އޮތީ ތާވަލުގެ 5 ވަނައިގައެވެ. އުދިނޭޒީ އޮތީ ކުޅުނު 14 މެޗުން 15 ޕޮއިންޓް ހޯދައިގެން ތާވަލުގެ 13 ވަނައިގައެވެ، ތާވަލުގެ އެއްވަނައިގައި ޔުވެންޓަސް އަށްވުރެ 10 ޕޮއިންޓް އިތުރަށް ހޯދައިގެން އޮތީ އޭސީ މިލާން އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *