Ad
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

ކޮވިޑް-19: މާލެއިން ޕޮޒިޓިވްވި 11 މީހުންނާއެކު ޖުމްލަ 26 މީހުން މިއަދު ޕޮޒިޓިވް ވެއްޖެ

މި 26 މީހަކު ޕޮޒިޓިވް ވީ މިއަދު ނެގި 1901 ސާމްޕަލްގެ ތެރެއިން

މިއަދު ރާއްޖެއިން 26 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 11 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 3 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 11 މީހުންގެ އިތުރުން ސަފާރީއަކުން ޕޮޒިޓިވް ވި މީހެކެވެ. މި 26 މީހަކު ޕޮޒިޓިވް ވީ މިއަދު ނެގި 1901 ސާމްޕަލްގެ ތެރެއިންނެވެ. މި ވަގުތު ކޮވިޑަށް ޕޮޒިޓިވް 634 މީހަކު ރާއްޖޭގައި ތިބި އިރު، އޭގެ ތެރެއިން 32 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 13894 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 13204 އަށް އަރާފައި ވާއިރު މި ބަލީގައި ނިޔާވީ 48 މީހެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *