Ad

ދިރާގު ދިވެހި ޕްރިމިއާ ލީގު: 2 ޕެނަލްޓީ ކާމިޔާބުކޮށް ވެލެންސިޔާއިން އީގަލްސް ބަލިކޮށްފި

މި މެޗްގައި ވެލެންސިޔާއިން ދެ ލަނޑުވެސް ޖެހީ ދެ ޕެނަލްޓީއިނ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް 2-0 އިން ބަލިކޮށް ކްލަބް ވެލެންސިއާ ލީގު ތާވަލުގެ އެއް ވަނައަށް އަރައިފިއެވެ.

ގޯލްޖަހާނެ ރަނުގެ ފުރުޞަތުތައް ލިބުނު މި މެޗްގައި ވެލެންސިޔާއިން ދެ ލަނޑުވެސް ޖެހީ ދެ ޕެނަލްޓީއިންނެވެ. މެޗުގައި ވެލެންސިއާ އިން ލީޑު ނެގީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން އަލީ އަޝްފާގެވެ، މި ޕެނަލްޓީއަކީ އީގަލްސްގެ ހުސައިން އަހުސަމް މޫސާ ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ)އަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީ އެކެވެ.

ވެލެންސިއާގެ ދެ ވަނަ ލަނޑު ޕެނަލްޓީއަކުން ކާމިޔާކުރީ އަލީ ފާސިރެވެ. މިއީ ދަގަނޑޭ އަށް އޭރިޔާ ތެރެއިން ކީޕަރު މިލާން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. އީގަލްސްގެ ނާއިމް އަށް މެޗުގެ 87 ވަނަ މިނެޓުގައި ރަތް ކާޑު ދެއްކުމުން އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. ނާއިމަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކީ ވެލެންސިއާގެ މުޙައްމަދު ސަމްދޫހަށް ގަސްތުގައި ފައުލް ކުރުމުންނެވެ.

ހަތަރު މެޗުން 10 ޕޮއިންޓް ހޯދައި ވެލެންސިއާ އެއް ވަނަ އަށް އެރިއިރު ދެ ވަނައިގައި އޮތީ އަށް ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ހަތަރު ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *