Ad

ދިރާގު ދިވެހި ޕްރިމިއާ ލީގު: ޓީސީއާއި ޔުނައިޓެޑް ވިކްޓަރީ ގެ ކުރިމަތިލުން އެއްވަރު!

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ ކުޅުމު މެޗް 1-1 އެއްވަރުވެއްޖެއެވެ.

މެޗުގެ ދެ ގޯލުވެސް ދެވަނަ ހާފުގައި ފެނިގެންދިޔަ އިރު، ޔޫވީން ލީޑު ނެގީ 58 ވަނަ މިނެޓުގައި އިސްމާއިލް އީސާ ނެގި ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައެއް އަޒިނިއަޒޯފް މަރަޓް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

މި މެޗުގައި ޓީސީން ގޯލް ޖެހީ އިތުރު ވަގުތުގެ ވެސް ފަހު މިނެޓުގައެވެ. މި ގޯލަކީ އިބްރާހިމް އަބްދުލް ވާހިދު ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅައިން އަޖުފާން މުހައްމަދު ގޯލް ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މިނަތީޖާއާއެކު ޓީސީއަށް ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ތާވަލުގެ ފަަސްވަނައިގައެވެ. ޔޫވީއަށް ހަތަރު މެޗުން ލިބިފައި ވަނީ ދެ ޕޮއިންޓެވެ. އެޓީމު މިވަގުތު އޮތީ އަށްވަނައިގައެވެ. ތާވަލްގެ1 ވަނައިގަ އޮތީ ވެލެންސިއާ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *