Ad

އިނގެރޭސި ޕްރިމިއާ ލީގު: ސައުތެމްޓަން އަތުން ލިވަޕޫލް ބަލިވެ، ތާވަލްގެ 9 ވަނައަށް ޗެލްސީ ވެއްޓިއްޖެ

އިނގެރޭސި ޕްރިމިއާ ލީގުގައި ތާވަލްގެ 1 ވަނައިގަ އޮތް ލިވަޕޫލްގެ މައްޗަށް ސައުތެމްޓަންއިން ކުރި ހޯދައިފިއެވެ.

މިމެޗް ސައުތެމްޓަނުން ކާމިޔާބުކީ މެޗްގެ ދެވަނަ މިނެޓްގައި ލިވަޕޫލްގެ ކުރީގެ ފޯވާޑް ޑެނީ އިންގްސް ކާމިޔާބުކުރި ހަމައެކަނި ލަނޑުންނެވެ.  މިމެޗް ލިވަޕޫލުން ކުޅުނީ ކެޕްޓަން ޖޯޑަން ހެންޑަސަން ސެންޓަރަލް ޑިފެންޑަރަކަށް ބަހައްޓައިގެންނެވެ.

ލިވަޕޫލްގެ ސެންޓްރަލް ޑިފެންޑަރުން ކަމަށްވާ ނެދަލެންޑްސްގެ ވެންޑައިކް، އިންގްލެންޑްގެ ޖޯ ގޮމޭޒް އަދި ކެމަރޫންގެ މަޓިޕަށް ވަނީ އަނިޔާވެފައެވެ. މި ބައްޔާއެކުވެސް އަދިވެސް ތާވަލްގެ 1 ވަނައިގައި އޮތީ ލިވަޕޫލެވެ. މި މޮޅާއެކު ސައުތެމްޓަން ވަނީ ތާވަލްގެ 6 ވަނަ އަށް ޖެހިލާފައެވެ. ޕްރިމިއާ ލީގުގައި އެންމެ ފަހުން ލިވަޕޫލް ކުޅުނު ތިން މެޗުވެސް ނިންމާލީ މޮޅެއް ނުހޯދިއެވެ.

މި ނަތީޖާއާއެކު ޕްރިމިއާ ލީގު ހޯދަން އެންމެ ބޮޑު އިންވެސްޓެއްކުރި ޗެލްސީ ވަނީ ތާވަލްގެ ނުވަ ވަނައަށް ވެއްޓިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *