Ad
ރައީސް ޞާލިޙަށް ރައީސުލް ޖުމްހޫރިއްޔާކަމުގެ ހުވައި އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ލައިދެއްވަނީ
ރައީސް ޞާލިޙަށް ރައީސުލް ޖުމްހޫރިއްޔާކަމުގެ ހުވައި އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ލައިދެއްވަނީ

ޤާނޫނުއަސާސީ އާ ޚިލާފަށް ކައުންސިލް އިންތިޚާބް ފަސްކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވޭ: ކުރީގެ އުއްތަމަ ފަނޑިޔާރު

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާ ޚިލާފަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބް ފަސްކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި އިޢުލާނު ކުރެވިފައިވާ ޞިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު އިތުރު އެއް މަސްދުވަހުގެ މުއްދަތައް ދަންމާލާފައިވުމުން ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނީ ފުރުޞަތު ނެތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އިއްޔެ ވިދާޅުވެފައި ވަނިކޮށް، މިއަދުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

"ހެލްތް އިމަރޖެންސީ ދެމިއޮތަސް، ޤައުމު އޮތީ ލޮކްޑައުންގެ ޙާލަތަކު ނޫން. ރައްޔިތުންގެ ބާރު ކަނޑުވާލުމުގައި ބައިވެރިވާ އެންމެހައި ފަރާތްތައް ޤާނޫނީ ޒިންމާ އުފުލަންޖެހޭނެ. ޖަވާބުދާރީ ކުރެވޭނެ!"

އިލެކްޝަންސް ކޮމިޝަނުން ދައްކަމުން ގެންދާ ޤާނޫނީ "ޙުއްޖަތް" އަށް އިޝާރާތް ކުރަށްވައި ޑރ. ޑީޑީ ވިދާޅުވެފައި ވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާބެހޭ ޚާއްޟަ ޤާނޫނުގެ 7 މާއްދާގެ (ހ) ގައި ބުނެފައި ވަނީ، އެ އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ދެން ފަށާނީ، 12 މާރިޗު 2020 ގައި އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނުވަތަ މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ކޮވިޑް-19 އާ ގުޅޭގޮތުން އިޢުލާނުކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ޙާލަތެއް ނިމުމަކަށް ގެނައުމަށްފަހު، އިންތިޚާބާގުޅޭ ކަންކަން ކުރިޔަށްގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމުގައި ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައެޅުމަށްފަހުގައި ކަމަށެވެ.

އަދިހަމަ. އެޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ، މި މާއްދާގެ (ހ) ގެ ދަށުން ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެކަމަށެވެ. އެ ޤާނޫނަށް ޢަމަލުކުރަން ފެށުނުތާ އަހަރު ދުވަސް ހަމަވާނީ 09 މެއި 2021 އަށްކަންވެސް ފާހަގަ ކޮށްލެވެއެވެ.

ކައުންސިލް އިންތިޚާބާބެހޭ ޚާއްޞަ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) އިން، އިންތިޚާބުތައް ބޭއްވުމުގެ މަސްއޫލިއްޔަތު ދުސްތޫރީ ގޮތުން މަތިކުރެވިފައިވާ އިލެކްޝަންސް ކޮމިޝަނާ މަތިކޮށްފައިވާ އިލްތިޒާމަކީ، އެހެން ބައަކާ މަތިކުރެވިފައިވާ އިލްތިޒާމެއްގެ މައްޗަށް ބިނާވާ މަސްއޫލިއްޔަތެކެވެ. އެހެނީ އެމާއްދާގައި ބަޔާންކުރާ، ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައުމަކީ އިލެކްޝަންސް ކޮމިޝަންގެ ބާރުގެދަށުގައިވާ ކަމެއް ނޫންނެވެ.

އެހެންނަމަވެސް އެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އިލްތިޒާމު މަތިކުރެވިގެންވަނީ ސީދާ އިލެކްޝަންސް ކޮމިޝަނާކަމުން، 7 ވަނަ މާއްދާގެ (ހ)، އިންފިރާދީ ގޮތެއްގައި ބޭރުފުށުގެ ލަފްޒީ މާނައިން އެކަނިމެ ކިޔިއްޖެނަމަ ދުސްތޫރީ އަދި ޤާނޫނީ މަފާހީމުތަކާއި މަބާދީއުތައް ނަފީވެގެން ދިޔުމުގެ ފުރުޞަތު ބޮޑުވެގެން ދާނެއެވެ. އަދި، ދައުލަތުގެ ތަފާތު ބާރުތައް ނުވަތަ އިދާރާތަކާ މަތިކުރެވިފައިވާ ޤާނޫނީ މަސްއޫލިއްޔަތެއް ޤާނޫނާ އެއްގޮތަށް އަދާކުރުމަށް އެތަނުން އެއް އިދާރާއަކުން ނުކުޅެދުމީ، ދެންއޮތް މުއައްސަސާއަކުން ޤާނޫނު ނަގަހައްޓައި ދެމެހެއްޓުމުގައި "ޢުޛުރު" ދެއްކުމަށް އޮތް "ޙުއްޖަތެއް" އަށް ވާނޭ ބުނެވޭނެ ޤާނޫނީ ހަމައެއްވެސް ނުމެއޮންނާނެއެވެ.

ޚާއްޞަ ޤާނޫނުގެ 7 މާއްދާގެ (ހ) އިން، އެޗްޕީއޭ ނުވަތަ ހެލްތް މިނިސްޓްރީން ނިންމާ ނިންމުމަކަށް އިންތިޚާބުގެ ކަންކަން ބަރޯސާވެފައި ވަނީ، އެބްސޮލިއުޓު ގޮތެއްގައި ނޫންކަން، އެ ޤާނޫނުގެ މަޤްޞަދާއި ޚުދު އެމާއްދާގެ މަފްހޫމަށް ޤާނޫނީ ނަޟަރިއްޔާތަކުން ބެލިއްޖެނަމަ އެކަން އެނގިގެންދާނެއެވެ. އަދި އެމާއްދާއިން ޙާޟިލުކުރަން ބޭނުންވާ މަޤްޞަދަކީ، އިންތިޚާބާގުޅޭ ކަންކަން ކުރިޔަށްގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫންކަން ކަށަވަރުކުރުންކަންވެސް އެމާއްދާއިން އެނގިގެންދާކަންވެސް ފާހަގަކޮށްލެވެއެވެ.

ވީހދިނު، ޤާނޫނުއަސާސީއާ ޚިލާފަށް އިންތިޚާބު ފަސްކުރުމޭ ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވި މުރާދަކީވެސް މިއީކަމަށް ޤަބޫލުކުރެވޭކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *