Ad

ތައިލޭންޑުން އިތުރު 35 މިލިއަން ކޮވިޑް ވެކްސިން ހޯދަނީ

މިހާރު އޯޑަރުކޮށްފައިވާ 28 މިލިއަން ވެކްސިނާއެކު ތައުލެންޑުން އޯޑަރުކޮށްފައިވާ ވެކްސިންގެ އަދަދު މިވަނީ 63 މިލިއަނަށް އަރާ

ކޮވިޑްގެ ދެވަނަ ރާޅުގައި ބަލި ޖެހޭ މީހުން އިތުރުވަމުންދާ މި ދަނޑިވަޅުގައި 35 މިލިއަން ޑޯޒުގެ ވެކްސިން ގެންނަން ތައިލެންޑުން އޯޑަރުކޮށްފިއެވެ.

މިހާރު އޯޑަރުކޮށްފައިވާ 28 މިލިއަން ވެކްސިނާއެކު ތައުލެންޑުން އޯޑަރުކޮށްފައިވާ ވެކްސިންގެ އަދަދު މިވަނީ 63 މިލިއަނަށް އަރާފައެވެ. އަލަން އޯޑަރުކުރި ވެކްސިން ގެންނަނީ ކޮންކޮން ގައުމުތަކަކުން ނުވަތަ ކޮންކޮން ކުންފުނިތަކަކުންކަން ތައުލެންޑުގެ ސަރުކާރުން ހާމަކޮށްފައިނުވި ނަމަވެސް، ބޮޑުވަޒީރު ވިދާޅުވެފައިވަނީ "ހުރިހާ ވެކްސިނެއްވެސް ތައިލެންޑުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭނެ" ކަމަށެވެ.

ބެންކޮކް ޕޯސްޓުގައި މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ބެޗް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ޗައިނާއިން ތައިލެންޑަށް ފޯރުކޮށްދޭނެއެވެ. ޗައިނާ ވެކްސިންގެ 200،000 ޑޯޒް އަންނަ މަހު ތައިލެންޑަށް ލިބޭއިރު، ވެކްސިން ދިނުމުގައި އިސްކަންދޭނެ މީހުން ކަނޑައެޅުމުގެ މަސައްކަތް ތައިލެންޑުގެ ސަރުކާރުން ގެންދަނީ ކުރަމުންނެވެ. ބާކީ 800،000 ޑޯޒްގެ ވެކްސިން ޗައިނާއިން ތައިލެންޑަށް ފޮނުވާނެ ކަމަށް ވަނީ އަންނަ މާޗު މަހުގެ ނިޔަލަށެވެ. ޗައިނާގެ ސިނޮވެކް ބަޔޮޓެކް ކުންފުނީގެ ވެކްސިން ތައިލެންޑުން ގަންނަނީ ޑޯޒެއް 16 އެމެރިކާ ޑޮލަރު ނުވަތަ 509 ތައި ބާތުގެ ރޭޓުންނެވެ. ޗައިނާ ވެކްސިނަށް ތައިލެންޑުން ވަނީ 1.17 ބިލިއަން ބާތު ބަޖެޓުކޮށްފައެވެ.

އޮކްސްފޯޑަށް އޯޑަރު ދީފައިވާ 26 މިލިއަން ވެކްސިން ޑޯޒް މިއަހަރުގެ މޭމަހު ތައިލެންޑަށް ލިބޭނެ ކަމަށްވެއެވެ. އެކަމަށް ހަ ބިލިއަން ބާތު ބަޖެޓުކޮށްފައިއެބަ އޮތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *