Ad

ސާފުތާހިރުކަން ދަށްވެގެން، އޭޑީކޭ އާއި އައިޖީއެމްއެޗްގެ ކެފޭ ބަންދުކުރަން ޖެހުން: ދެވަނަ ވިސްނުމަކުން ވިސްނާލަން ޖެހޭ ކަމެއް!

ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުގެ ކަމާގުޅޭ އިދާރާއިން ދޭތެރެ ދޭތެރެއިން ހޮޓަލާއި ކެފޭ އަދި ރެސްޓޯރެންޓްތައް ޗެކްކުރަމުން ގެންދެއެވެ. މިގޮތުން ޗެކްކުރާ ގިން ތަންތަނުގެ ސާފުތާހިރުކަން އެންމެ އެކަށީގެންވާ ގޮތަކަށް ނުރުހެއެވެ. ލުއި ދީފަ އަލުން ޗެކްކޮށްލާއިރުވެސް، އިންސާނުންނަށް ކާންބޯންދީ ހަދާތަނެއްގެ ގޮތުގައި ބެހެއްޓޭ ވަރަށްވުރެ ބަދިގޭގެ ސާފުތާހިރުކަމުގެ ހާލަތު މާބޮޑަށް ދަށްވުމުން، އެންމެ ފަހުން ޖެހެނީ ބަންދުކުރާށެވެ.

އާންމު ހޮޓާ، ރެސްޓޯރަންޓް އަދި ކެފޭ ފަދަ ތަންތަނުގެ ސާފުތާހުރިކަން ދަށްވުމުގެ މައްސަލައަށްވުރެ ހުރިހާ ގޮތަކުންވެސް ސީރިއަސް މައްސަލައެއް ފާހަގަވަމުން އެބަދެއެވެ. އެއީ ބޮޑެތި ހޮސްޕިޓަލްތަކުގެ ކެންޓީނު ނުވަތަ ކެފޭގެ ސާފުތާހިރުކަން ދަށްވެގެން ތަން ބަންދުކުރަން ޖެހޭ ހާލަތަށް ދިއުމެވެ. ދާދި ފަހުން އޭޑީކޭ ފުޑްކޯޓު ބަންދުކުރިއެވެ. އަދި އެއަށް ފަހު އައިޖީއެމްއެޗުގެ ހުޅަނގު ފަރާތު ބޮޑު ކެފޭވެސް ސާފުތާހިރުކަށް ވުމުން ވަނީ ބަންދުކޮށްފައެވެ.

މި ދެއްކުނީ އާދައިގެ ވާހަކައެއް ނޫނެވެ. ދެ ހޮސްޕިޓަލުގެ ބަލި މީހުންނާއި އެހީތެރިން ނާސްތާކުރަމުން ގެންދާ މައިގަނޑު ދެ ކެފޭގެ ސާފުތާހިރުކަން ދަށްވެގެން ބަނދުކުރަން ޖެހުމަކީ ތަފާތު މިންގަނޑަކުން ބަލަން ޖެހޭނެ ކަމެކެވެ. ހަމައެކަނި ތަން ބަނދުކޮށް، ކަންކަން ރަނގަޅުކުރަން ފުރުސަތު ދިނުމުގެ ބަދަލުގައި ޖޫރުމަނާކުރުމާއި އެކަން ތަކުރާރުވާނަމަ ލައިސެންސް ބާތިލުކުރުން ފަދަ ހަރުކަށި އަދަބުތައް ކަނޑައަޅަން އެބަ މަޖުބޫރުވެއެވެ.

މިއީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުންވެސް ދެވަނަ ވިސްނުމަކުން ވިސްނާލަންވެއްޖެ ކަމެކެވެ. ތިލަތިލަކޮށް ލުއިލުއިކޮށް ދޫކޮށްލާވަރަށްވުރެ މިކަމުގެ ސީރިއަސްކަން މާބޮޑެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *