Ad
ހދ އަތޮޅުން މިއަދު ފެނުނު އެލްބީނޯ ޑޯލްފިން-: ފޮޓޯ: ޒުވާން މަސްވެރިޔާ
ހދ އަތޮޅުން މިއަދު ފެނުނު އެލްބީނޯ ޑޯލްފިން-: ފޮޓޯ: ޒުވާން މަސްވެރިޔާ

އިންތިހާއަށް ނާދިރު ވައްތަރުގެ "އެލްބީނޯ" ނުވަތަ ހުދު ކޯމަހެއް ރާއްޖޭއިން ފެންނަ ވީޑިއޯއެއް

މުޅި ދުނިޔޭގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކޯމަހެއްކަމުގައިވާ "އެލްބީނޯ" ޑޯލްޕިން ނުވަތަ ހުދު ކޯމަހެއް ރާއްޖޭގެ ސަރަޙައްދުގައި އުޅެމުންދާ ވީޑިއޯއެއް ޢާންމުކޮށްފި އެވެ.

ރާއްޖޭގައި ކުރެވެމުންދާ ހުނަރުން ފުރިފައިވާ އަދި ތިމާވެއްޓާ ރައްޓެހި މަސްވެރިކަމުގެ ހިތްގައިމު މަންޒަރުތަކުގެ އިތުރުން ރާއްޖޭގެ މުއްސަނދި ގުދުރަތީ ވެށީގެ ރީތަކަންވެސް މުޅި ދުނިޔެއަށް ދެއްކުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން ގެންދާ "ޒުވާން މަސްވެރިޔާ" ގެ ސޯޝަލް މީޑިއާ އެއަކުންޓުން މިއަދު ޢާންމުކޮށްފައި މި ވީޑިއޯގައި ބުނެފައި ވަނީ، އެކޯމަސް ފެނިފައިވަނީ ހދ. އަތޮޅުންކަމަށެވެ.

https://twitter.com/ZuvaanMasveriya/status/1346671429819969536?s=20

"އެލްބީނޯ" އަކީ، ދިރޭތަކެތީގެ ބައެއް ބާވަތްތަކުގެ ތެރެއިން އޭގެ އެންމެ ނާދިރު ވައްތަރުގެ ގޮތުގައި ގުދުރަތީ އުފެދުމުގައި ހުދުކޮށް ހުންނަ ވައްތަރެވެ. އެލްބީނޯ ކޯމަހުގެ އިތުރުން އެލްބީނޯ ވެލާ އަދި ބައެއް ބާވަތްތަކުގެ އެހެނިހެން ދިރޭތަކެތީގެ ތެރޭގައިވެސް "އެލްބީނޯ" ވައްތަރު ހުންނަކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *