Ad

ދެކުނު ކޮރެއާގެ ހައި ސްޕީޑް ޓްރެއިންތައް ތިމާވެއްޓާ ރައްޓެހި އުފެންދުންތަކަށް ބަދަލުކުރަނީ

ދެކުނު ކޮރެއާގެ ހައިސްޕީޑް ޓްރެއިންތައް 2029 އަހަރުގެ ނިޔަލަށް ލޯ ކާބަން ބްލެޓް ޓްއިންއަށް ބަދަލުކުރަން އެގައުމުން ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއީ ދުނިޔޭގެ ހައި ސްޕީޑް ޓްރެއިންގެ ނިޒާމަށް ގެންނަ ބޮޑު އިންގިލާބެކެވެ.

އެގައުމުގެ އޮފިޝަލުން ބުނާގޮތުގައި މިއީ އެގައުމަކީ 2050 ވަނަ އަހަރުގެ ނިޔަލަށް ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އަމާޒުކޮށްފައިވާ މަޝްރޫއެކެވެ. އެކަމަށް ސައުތު ކޮރެއާއިން ހަ ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާނެއެވެ.

އަލަށް ގާއިމްކުރާ ރެއިލް ސިސްޓަމާއެކު ބޮޑެތި ސިޓީތަކަށް ގިނަ ވެގެން ދެ ގަޑިއިރުން ދެވޭނެއެވެ. އަދި ވެރިރަށުގެ ކޮންމެ ހިސާބަކަށް ވެސް ގިނަ ވެގެން 30 މިނިޓުން ވާސިލްވާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *