Ad

އިނގިރޭސި ލީގުކަޕް: ފައިނަލަށް ޓޮޓެންހަމް ދަތުރުކޮށްފި

އިނގިރޭސި ލީގު ކަޕުގެ ފައިނަލްގެ ފުރަތަމަ ޖާގަ، ޓޮޓެންހަމް ހޮޓްސްޕާސް އިން ހޯދައިފިއެވެ.

ޓޮޓެންހަމް އިން ފައިނަލަށް ދަތުރުކުރީ، ލީގު ވަންގެ ބްރެންޓްފޯޑްގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިމެޗުގެ 12 ވަނަ މިނެޓްގައި ފުރަތަމަ ގޯލު ޓޮޓެންހަމް އަށް ކާމިޔާބު ކޮށްދިނީ، ފްރާންސްގެ މިޑްފީލްޑަރު މޫސާ ސިސޯކޯ އެވެ. ޓޯޓެންހަމްގެ ދެވަނަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ކާމިޔާކުކޮށްދިނީ މި ސީޒަންގައި މޮޅު ކުޅުމެއްދައްކަމުން އަންނަ ދެކުނު ކޮރެއާގެ ސޮން ހެއުން މިން އެވެ. މިމެޗުގެ 84 ވަނަ މިނެޓުގައި ބްރެންޓްފޯޑުގެ ޖޯޝް އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ފައިނަލްގައި ޓޮޓެންހަމްއާއި ދެކޮޅަށް ކުޅޭނެ ޓީމެއް އިނގޭނީ މިރޭ ކުޅޭ ސެމީފައިފައިނަލްގެ ދެ ވަނަ މެޗްގައި މެންޗެސްޓަރގެ ދެ ކުލަބްގެ ކުރިމަތިލުމަށްފަހުގައެވެ. މިމެޗް ކުޅޭނީ މިރޭ ރާއްޖޭ ގަޑިން ބާރަގަޑި ސާޅީސް ފަހެއްގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *