Ad

ދިއެފްއެމްގެ ކުރީގެ ސީއީއޯގެ ކާރުގައި ރޯކޮށްލިތާ މަހެއް ވީއިރުވެސް މީހަކު ހައްޔަރެއް ނުކުރޭ!

ދިއެފްއެމްގެ ކުރީގެ ސީއީއޯގެ ކާރުގައި ރޯކޮށްލިތާ މަހެއް ވީއިރުވެސް މީހަކު ހައްޔަރެއް ނުކުރާކަމަށް ފުލުހުން ބުނެފިއެވެ.

އިރުވަރު ނޫހަށް އެނގިގައިވާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ މެންދަމު ލ. ފޮނަދޫ ޔޫތު ސެންޓަރު ކައިރީގައި އޮތް ކާރުގައި ރޯކޮށްލި ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޒުވާނެއްގެ ފޯނު ފުލުހުން ހޯދާފައިވެއެވެ. އެހެންނަމަވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމައްސަލައިގެ ތަހުޤީޤާއި، ހެކި ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. ނަމަވެސް މިހާތަނަށް މިމައްސަލަޔާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މަސްޢޫދު ވިދާޅުވި ގޮތުގައި އޭނާ ގަބޫލުކުރައްވަނީ ބަޔަކު ގަސްތުގައި ކާރުގައި ރޯކޮށްލާފައިވާ ކަމަށެވެ. އަދި އެކަމުގެ މަޢުލޫމާތު ފުލުހުންނާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ނިޝާން ނޯޓު ބްރޭންޑުގެ މިކާރު ރޯކޮށްލުމުން އޭގެ ފަހަތް ވަނީ ވަރަށް ބޮޑަށް އަދާފައެވެ. މަސްޢޫދު ވިދާޅުވީ މަރާމާތު ކުރުމަށް ބޮޑު ހޭދައެއް ހިނގާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *