Ad
ސަޢުދީގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނުގެ އަމިއްލަފުޅު ޖިޕުގައި ޤަޠަރުގެ އަމީރު ތަމީމް ބިން ޙަމަދުއް ސާނީއާއެކު ޞަޙަރާގެ ތެރޭގައި
ސަޢުދީގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނުގެ އަމިއްލަފުޅު ޖިޕުގައި ޤަޠަރުގެ އަމީރު ތަމީމް ބިން ޙަމަދުއް ސާނީއާއެކު ޞަޙަރާގެ ތެރޭގައި

ޚަލީޖް ޤައުމުތަކުގެ ކާމިޔާބު ބައްދަލުވުމަށްފަހު ލޯތައް ހުއްޓިގެންދިޔަ ތާރީޚީ ފޮޓޯ

ސަޢުދީ ޢަރަބިއްޔާގައި އިއްޔެ ބޭއްވުނު ޚަލީޖު ޤައުމުތަކުގެ އިސްވެރިންގެ ކާމިޔާބު ތާރީޚީ ސަމިޓަށްފަހުގައި މެދުއިރުމަތީގެ ރައްޔިތުންގެ އިތުރުން މުޅި ދުނިޔޭގެ ގިނަ ލޯތަކެއްވެސް،  ހަނަފަސް ސަޙަރާގެ ތެރޭގައި ދުއްވަމުން ދިޔަ ޖަޕާނުގެ ޓޯޔޯޓާ ކުންފުނީގެ އުފެއްދުމެއްކަމަށްވާ "ލެކްސަސް" ލަކްޒަރިއަސް ޖިޕުގެ ފޮޓޯއަކަށް، ހުއްޓިއްޖެއެވެ.

ގިނަބައެއްގެ ލޯތަށް މި އަގުބޮޑު ޖިޕަށް ހުއްޓިގެންދިޔަ ސަބަބަކީ އެ އުޅަނދުގެ އަގަށް މިލިއަން މިލިއަން އަރާތީކީ ނޫނެވެ. އަދި އެފޮޓޯގެ ރީތިކަމަކުންވެސް ނޫންމެއެވެ. ނަމަވެސް އެފޮޓޯ ކުޑަކޮށް ޒޫމްކޮށްލާފައި ބަލާލުމުން އެކަމުގެ ހަގީގީ ސަބަބު އެނގޭނެއެވެ.

ޢަރަބި މުއްސަނދި ދެ ދައުލަތްކަމުގައިވާ ސަޢުދި ޢަރަބިއްޔާއާއި ޤަޠަރު "ބުޅަލާ މީދަލުގެ" ގޮތުގައި ދުވަސްތަކަކަށް ތިބުމަށްފަހު އެ ދެޤައުމުގެ އެންމެ އިސްވެރިން ގިނިކަންޏާ ނުކުންނަވައި ދުއްވާލައްވަމުން ގެންދެވި ފޮޓޯއެވެ. ސަޢުދީގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނު ދުއްވަވަމުން ގެންދެވި މި ޖިޕްގެ ކުރިމަތީގައި، ޖެހިގެން އިން ގޮނޑީގައި ޤަޠަރުގެ އަމީރު ތަމީމް ބިން ޙަމަދުއް ސާނީ އިންނެވުމުންނެވެ.

ޤަޠަރަކީ ޓެރަރިޒަމްއަށް ވާގިދޭ ޤައުމެއްކަމަށް ސަޢުދި ޢަރަބިއްޔާ އިސްވެއޮވެގެން "ލޭބަލް" ކޮށް އެޤައުމުން ޤަޠަރާ ގުޅުން ކަނޑާލައި ވައިގެ ސަރަޙައްދާއި ބޯޑަރުތައްވެސް ބަންދުކޮށްފައި ވެއެވެ. އަދި އެހެނިހެން ޤައުމުތަކަށްވެސް އެކަމަށް މަޖުބޫރުކުރުމުގެ އިތުރުން ޤަލްފުގެ ޤައުމުތަކުގެ ގުޅުމުން ޤަޠަރު އެކަހެރިކޮށް އެޤައުމާމެދު ދަތިކުރުމުގެ ފިޔަވަޅުތަކަށް ދާންދެން، ސަޢުދީއިންނާއި އެޤައުމުގެ ބައިވެރިންވެގެން އަޅާފައި ވެއެވެ.

ސަޢުދީގައި ފަތުރުވެރިކަމަށް މަޝްހޫރު ސަރަޙައްދެއްކަމަށްވާ އަލް ޢުލާގައި ސަޢުދީ ވަލީ ޢަހުދު ޤަޠަރުގެ އަމީރަށް ޓުއަރއެއް ދެއްވަނީ

ދެ "ހަތުރުން" ގެ ގޮތުގައި އަހަރުތަކަށް ދެމިތިބުމަށްފަހު ކުއްލިއަކަށް "މިތުރުން" އަށް ވެ، ހަނަފަސް ސަޙަރާއަކަށް ނުކުންނަވައި ދެޤައުމުގެ ވެރިން ގިނިކަންޏާމެ "ފިނި" ބުރެއްޖަހާލަށްވައި، ޤަޠަރުގެ ވެރިޔާ ތަމީމްގެ އިނގިލިކުރީގައި ސަޢުދީ ވަލީ ޢަހުދު މުޙައްމަދު ހިއްޕަވައިގެން ވަޑައިގެން ޓުއަރއެއް ދެއްވާ ފޮޓޯއަކީ ޢަރަބި މުއްސަނދި މަހުޖަނު ޤައުމުތަކުގެ އިތުރުން މުޅި ދުނިޔެއަށްވެސް ހަމަ ތާރީޚީ ފޮޓޯއެއް ނޫންހެއްޔެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *