Ad

ކޮވިޑް-19: ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒު ފަހުމީ އަވަހާރަވެއްޖެ

މުޖްތާޒް އަވަހާރަވީ އުމުރުފުޅުން 61 އަހަރުގައި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ ނިޔާ އަވަހާރަވެއްޖެއެވެ. މުޖުތާޒް ފަހުމީ އަވަހާރަފައިވަނީ ރޭގެ މެންދަމު 2 ޖަހާ ކަންހާއިރު ދަރުމަވަންތަ ހޮސްޕިޓަލްގައި ވެންޓިލޭޓަރުން ފަރުވާދެމުން ގެންދަނިކޮށެވެ.

މުޖުތާޒް ފަހުމީ ކޯވިޑް-19 އަށް ޕޮޒިޓިވްވެ ހާލުކޮޅު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މުޖުތާޒު ކޮވިޑަށް ޕޮޒިޓިވް ވީކަން އެނގުނީ ލ.އަތޮޅު ފަޅުރަށެއްގައި ކަރަންޓީނުގައި ހުންނަވަނިކޮށް ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ހެދި ޓެސްޓުތަކުންނެވެ.

މުޖުތާޒަށް ފުރަތަމަ ފަރުވާދިނީ ލ.ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީގައެވެ. މުޖްތާޒް އަވަހާރަވީ އުމުރުފުޅުން 61 އަހަރުގައެވެ.

އަލްއުސްތާޛު މުޖުތާޒް ފަހްމީ ވަނީ ޝަރުޢީ ދާއިރާގައި އެތައް އަހަރެއް ވަންދެން ޚިދުމަތްކުރައްވާފައެވެ. މުޖުތާޛު ފަހްމީއަކީ 2008 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 18ވަނަ ދުވަހު ފުރަތަމަފަހަރަށް ރާއްޖޭގެ ސުޕްރީމް ކޯޓު ޤާއިމުކުރެވުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަންކުރެނުނު ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އޮނަރަބަލް އަލްއުސްތާޛް މުޖުތާޒު ފަހްމީ ވަނީ 18 ސެޕްޓެންބަރު 2008 އިން 10 އޮގަސްޓު 2010 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވުމަށްފަހު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *