Ad

ޓްރަމްޕް، އެމެރިކާ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލައިފި

ދުވަހަކުވެސް ބަލި ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވުމުން ސަޕޯޓަރުން ވަނީ ހަރުކަށިކަމާއި ރުޅިވެރިކަމާއެކު މަގުތަކަށް އެއްވެފައި

ވެރިކަމުން ދޫކޮށްލުމުގެ ވަގުތު ކުޑަތަން ވެފައި ވަނިކޮށް، ޑޮނަލްޑް ޓްރަމްޕް އެމެރިކާ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލައިފިއެވެ. މި ހަމަނުޖެހުންތައް ފެށުނީ ދުވަހަކުވެސް ބަލި ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވުމުން ސަޕޯޓަރުން ވަނީ ހަރުކަށިކަމާއި ރުޅިވެރިކަމާއެކު މަގުތަކަށް އެއްވެ، ސަރުކާރުގެ އިމާރާތްތަކަށް ހަމަލާދޭން ފެށުމުންނެވެ.

ޖޯ ބައިޑަން އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ކަމަށް ނިންމައި، އެކަމުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް އެމެރިކާގެ ހައުސް އަދި ސެނޭޓު ޗެމްބަރަށް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަޕްގެ ސަޕޯޓަރުން ގަދަ ކަމުން ވަދެގަނެ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ބިރުދައްކައި، ގަދަކަމުން އިމާރާތުން ނެރެން ވެސް ވަނީ މަސައްކަތްކޮށްފައެވެ.

ޓްރަމްޕިގެ ވެރިކަން ނިމުމުގެ ސިއްކަ ޖެހުމުގެ އެންމެ ފަހު ވަގުތު ސަޕޯޓަރުން މެދުވެރިކޮށް ހިންގި ޣައިރު ގާނޫނީ މިއަމަލުގެ ސަބަބުން އެމެރިކާގެ ރަމާންވީ ޑިމޮކްރަސީގެ މޫނުމަތި ވަނީ ކިލަނބުވެފައެވެ. ދިރާސާކުރާ ފަތްތަކުން ވިދާޅުވާ ގޮތުގައި އެމެރިކާގެ ތާރީޚުގައި މިހާލަދުވެތިކޮށް ރައީސަކު ޢަމަލުކުރައްވާފައި ނުވާކަމަށާއި އަދި ސަޕޯޓަރުންގެ ކިބައިން ފެންނަމުންދަނީ، ޓްރަމްޕުގެ ކިބައިން ވެސް ފެނުނު ހަރުކަށިކަމާއި ގޮތްދޫނުކުރުމާއި އަޚުލާގު ދަށްކަމުގެ ސިފައެވެ. ޓްރަމްޕުގެ ބައެއް ސަޕޯޓަރުން މަގުމަތީގައި ހަމަނުޖެހުން ހިންގަން އުޅުނީ ބަރަހަނާ ހާލުގައެވެ.

ޓްރަމްޕްގެ ހައްދު ފަހަނައަޅާފައިވާ ސަޕޯޓަރުން ސެނޭޓް އިމާރާތަށް ގަދަކަމުން ވަދެގަންނަން ކުރި މަސައްކަތުގައި އެކަކަށް ބަޑިން ހަމަލާދީފައިވާއިރު، ކުޑަދޮރުތައް ހަލާކުކޮށްލައިގެން އިމާރާތަށް ވަންނަން އުޅުނު މީހުންނާ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ހަމަނުޖެހުމުގައި ބައެއް މީހުންނަށް އަނިޔާވެފައިވެއެވެ.

ޕެންޓަގަންއިން މިހާރުވަނީ ނޭޝަނަލް ގާޑުންގެ 1100 މެންބަރުން އެ ސަރަހައްދަށް ފޮނުވާފައެވެ.

އެމެރިކާގެ ވޮޝިންގޓަން ޑީސީގެ މަގުތަކަށް ޓްރަމްޕުގެ ސަޕޯޓަރުން އެއްވެ، ހަމަނުޖެހުން ހިންގަމުން ގެންދާތީ، މޭޔަރު ވަނީ ކާފިއު އިއުލާންކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *