އިނގިރޭސި ލީގުކަޕްގެ ސެމީފައިނަލްގައި މެންޗެސްޓަރގެ ދެ ކުލަބުގެ ކުރިމަތިލުން ސިޓީން ކާމިޔާބުކޮށްފިއެވެ.
މި މެޗް ސިޓީން ކާމިޔާބުކުރީ 2-0 އެވެ. ސިޓީގެ ފުރަތަމަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ކާމިޔާބުކުރީ ޑިފެންޑަރު ޖޯން ސްޓޯންސް އެވެ. ދެ ވަނަ ގޯލް މެޗް ނިމެން 7 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ފެނާންޑިނިއޯއެވެ.
ލީގުކަޕްގެ ފައިނަލްގައި ސިޓީއާއި ވާދަކުރާނީ ޓޮޓެންހަމް އެވެ. މުބާރާތުގެ ފައިނަލަށް ޓޮޓެންހަމް ދަތުރުކުރީ ލީގު ވަންގެ ބްރެންޓްފޯޑްގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އޭޕްރީލް 26 ވަނަ ދުވަހުއެވެ.