Ad
ޓްރަމްޕްގެ ސަޕޯޓަރަކު އެމެރިކާގެ ޤާނޫނު ހަދާމަޖްލީހުގެ ރައީސާގެ ޕޯޑިއަމް ނަގައިގެން ގެންދިއުން އަދި އެޕޯޑިއަމް އީބޭގައި ލިސްޓްކޮށްފައި-: ފޮޓޯ: ސޯޝަލްމީޑިއާ
ޓްރަމްޕްގެ ސަޕޯޓަރަކު އެމެރިކާގެ ޤާނޫނު ހަދާމަޖްލީހުގެ ރައީސާގެ ޕޯޑިއަމް ނަގައިގެން ގެންދިއުން އަދި އެޕޯޑިއަމް އީބޭގައި ލިސްޓްކޮށްފައި-: ފޮޓޯ: ސޯޝަލްމީޑިއާ

އެމެރިކާގެ ޤާނޫނުހަދާ މަޖްލީހުގެ ރައީސާގެ ޕޯޑިއަމް ނީލަމަށް

އެމެރިކާގެ ޤާނޫނުހަދާ މަޖްލީހުގެ ދަށު ގެ ހައުސް އޮފް ރެޕްރެސެންޓޭޓިވްސްގެ ރައީސާ ޕެލޯސީ ގެ ޕޯޑިއަމް އީ-ބޭ ގައި ނީލަމަށް ލައިފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ފައިނަލް ކުރުމުގެ އެންމެފަހު މަރުޙަލާ އެޤައުމުގެ ކޮންގްރެސްގައި ކުރިއަށްދަނިކޮށް ޓްރަމްޕަށް "ވަފާތެރި" ސަޕޯޓަރުން އެ ޢިމާރާތުގެ ތެރެއަށް ގަދަކަމުން ވަދެގަނެ ހިންގި ހަމަނުޖެހުމުގައި ހަމަނުޖުހުމުގެތެރެއިން ޓްރަމްޕްގެ ސަޕޯޓަރަކު ރައީސާ ޕެލޯސީގެ ޕޯޑިއަމް ނަގައިގަނެގެން ގެންދާތަން ވީޑިއޯ ފުޓޭޖްތަކުން ފެނެއެވެ.

އަދި އޭގެ އިރުކޮޅެއް ފަހުން، މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމެއް ކަމުގައިވާ "އީ-ބޭ" ގައި އެޕޯޑިއަމް "ބިޑް" ކުރެވި ނީލަމަށްލެވިފައި ވެއެވެ. އީ-ބޭއިން އެޕޯސްޓް ނަގާފައި ވީނަމަވެސް އެމެރިކާގެ މަޝްހޫރު އިޖްތިމާއީ މަންސައެއްކަމުގައިވާ "ރެޑިޓް" އިން ވަނީ އީބޭގެ މި ޕޯސްޓުގެ ސްކްރީން ފޮޓޯއަކާއެކު ހިއްސާކޮށް ޢާންމުކޮށްފައެވެ.

"ހަރުކަށި" ފިކުރުގެ ޓްރަމްޕްގެ ގޮތްދޫނުކުރުމުގެ ސިޔާސަތުތަކާއި ޚިޔާލީ ދޮގުތަކުގެ ސަބަބުން ކޮންގްރެސްގައި ރޭ ހިނގައިދިޔަ ހަމަނުޖެހުމަކީ ފާއިތުވެދިޔަ 200 ވަރަކަށް އަހަރުގެ ތެރޭގައިވެސް، ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރެސީ އަދި "ސްޕަރ ޕަވަރ" ކަމަށްބުނެވޭ އެމެރިކާގެ އެންމެ މުހިންމު އެއް މުއައްސަސާގެ ތެރޭގައި ހިނގައިދިޔަ އެފަދަ އެންމެ ނުރައްކާތެރި ހަމަނުޖެހުންކަންވެސް ފާހަގަކޮށްލެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތަސްލީމޫ. އައިބޭ އޭވެސް އެބައޮތް މިވަނީ ކިހިނެއް؟ އައިބޭކަމެއް އީބޭކަމެެއް ނޭގުނު!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *