އެމެރިކާގެ ޑިމޮކްރެސީގެ ޙަޔާތުގައި ފަހުގެ ތާރީޚެއްގައި އެގައުމުގައި ހިނގާދިޔަ އެންމެ ދަށުދަރަޖައިގެ އަދި އެންމެ ނުރައްކާތެރި ޙަމަނުޖެހުން ހިނގުމުގައި ބައިވެރިވި މީހުންދެކެ ވަރަށް ލޯބިވާކަމަށާއި އަދި އެމީހުންނަކީ ވަރަށް ޚާއްޞަބައެއްކަމަށްވެސް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އެކަމަށް އިޝާރާތްކުރަށްވައި، "މޭޑޭ" ގައި ވާހަކަ ދެއްކެވި ބައެއް ސިޔާސީ ބޭފޫޅުންވެސް ވާހަކަތައް ހުރީ އެފަދަ ގޮތަކަށް ކަން، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ވިދާޅުވެއްޖެއެވެ.
މޭޑޭގައި ވާހަކަ ދެއްކެވި ބައެއް ސިޔާސީ ބޭފޫޅުންގެ ވާހަކަތައް ވެސް ހުރީ މިފަދަ ގޮތަކަށް. https://t.co/Mi6AW9p1tZ pic.twitter.com/8V27sHmml0
— Ahmed Hailam (@AhmedHailam) January 7, 2021
ޙައިލަމް މިފަދައިން ވިދާޅުވެފައި މިވަނީ، "މޭޑޭ" ގެ މުޒާހަރާގެ ބައިވެރިން ރަޙުމްކުޑަ ގޮތަކަށް ދިވެހި ފުލުހަކަށް ހަމަލާދިން ހާދިސާގެ ފޮޓޯއެއް ހިއްސާކުރަށްވައި މީގެ އިރުކޮޅެއްކުރިން ކުރެއްވި ޓްވީޓެއްގައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ އިލެކްޓޯރަލް ވޯޓު ރަސްމީކޮށް ފައިނަލްކުރުމުގެ އެންމެ ފަހު މަރްޙަލާ ކޮންގްރެސްގައި ކުރިއަށް ގެންދަން ފެށުމުގެ ކުޑަ އިރުކޮޅެއް ކުރިން، އިންތިޚާބުން ބަލިވި ޓްރަމްޕް ވަނީ އޭނާގެ އެތަކެއް ހާސް ސަޕޯޓަރުން ވެރިރަށް ޑީސީގެ މަގުތަކަށް ނުކުމެ ކުރަމުންދިޔަ މުޒާހަރާގައި ޢަމަލީގޮތުން ބައިވެރިވެފައެވެ.
އަދި، އެއްވެސް އަސާސެއް ނެތް ތަފާތު ތުހުމަތުތަކާއި ދޮގާއި މަކަރާއި ޙީލާތުން ފުރިގެންވާ ވާހަކަތަކާއެކު، އެއްވެތިބި އެތަކެއް ހާސް ސަޕޯޓަރުންނާ މުޚާޠަބުކޮށް "ރިގްޑ އިލެކްޝަން" "ސޭވް އެމެރިކާ" "މޭކް އެމެރިކާ ގްރޭޓް އަގެއިން" ފަދަ ޝިޢާރުތަކާއެކު މުޒާހަރާގެ ބައިވެރިންނާ މުޚާޠަބުކޮށް އެއުރެން ކައްކުވާލުމަށްފަހު، ކެޕިޓޯލް ހިލް އާ ދިމާލަށް ހިނގައިގަތުމަށް އިރުޝާދު ދިނުމަށްފަހު ޓްރަމްޕް ދިޔައީ "ފިލާއޮވެ" ޓްވީޓް ކުރަމުންނެވެ.
އެއަށްފަހު މާގިނައި އިރުތަކެއް ނުވަނީސް އެމެރިކާގެ ޤާނޫނުހަދާ މަޖްލިސްކުރާ ގެ، ކެޕިޓޯލް ހިލްގެ ފާރުތައް މަތިން އަރައި ދޮރުތައް ސުންނާފަތިކޮށްގެން ޢިމާރާތުގެ އެތެރެއަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަނެގެން ގޮސް، ރައީސްގެ ގޮނޑިއަށް އަރައި ޕެލޯސީގެ އޮފީހަށް ވަދެ ސެލްފީނަގައި އިންޓަރނެޓްގައި ޢާންމުކޮށް ހެދި މިހާދިސާގައި، ހަތަރު މީހަކު މަރުވެފައި ވާކަންވެސް އެމެރިކާގެ ފުލުހުން ހާމަކޮށްފައި ވެއެވެ.
ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ސިޔާސީ "އިޙްތިޖާޖު"، މޭޑޭގެ އިޙްތިޖާޖުގެތެރެއިން މުޒާހަރާގެ ބައިވެރިން ކައްކުވާލުމަށްފަހުގައި "ވެރިން" ފިއްލަވައި ރައްޔިތުންލައްވައި "ޖަރީމާތަށް" ހިންގުވައި އެކަން ހިންގީތީވެ އެރައްޔިތުންދެކެ އިންތިހާއަށް "ލޯބިވެ" އަދި އެއުރެންނަށް އެރައްޔިތުން "ޚާއްޞަ" ވެގެންވެސް ދިޔަތަން ފެނިގެން ދިއުމަކީ ޙައިލަމްގެ ޓްވީޓުގައިވެސް "އެފަދައިން" ވިދާޅުވި ސަބަބުކަން ހާމަވެއެވެ.