Ad

މިއަހަރު އެއާލައިން އިންޑަސްޓްރީއަށް 39 ބިލިއަން ޑޮލަރު ގެއްލުންވާނެ: އައިއާޓާ

ލިބޭނެ ކަމަށް އަންދާޒާކުރާ ޖުމްލަ އާމްދަނީއަކީ 459 ބިލިއަން ޑޮލަރު

ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ލޮޅުމެއް އެރި ދާއިރާއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއެވެ. ދުނިޔޭގެ ބޮޑެތި އެތައް އެއާލައިނެއް ވަނީ ބަނގުރޫޓުވާން ކައިރިވެފައެވެ. ގެއްލުމުގެ މައްޗަށް ގެއްލުމެވެ. އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއާޓާ) އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރު އެއާލައިން އިންޑަސްޓްރީއަށް 119 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ.

އާއަހަރު ފެށިގެން ދާއިރު، އައިއާޓާ އިން މިއަހަރަށް ވެސް އަންދާޒާ ކުރަނީ އެއާލައިންތަކަށް ގެއްލުންވާނެ ކަމަށެވެ. އެއީ 39 ބިލިއަން ޑޮލަރެވެ. އަހަރުގެ ކުރީކޮޅު އެއާލައިންގެ ވިޔަފާރިއަށް ބަނަކަމާ ކުރިމަތިލާން ޖެހުނު ކަމުގައިވިއަސް، އަހަރުގެ ފަހު ކުއާޓާގައި ވިޔަފާރިއަށް އަލިކަން ލިބޭނެ ކަމަށް ވެސް އެ ޖަމާއަތުން އަންދާޒާ ކުރެއެވެ. މިއަހަރު ނިމޭއިރި މުޅި އިންޑަސްޓްރީއަށް ލިބޭނެ ކަމަށް އަންދާޒާކުރާ ޖުމްލަ އާމްދަނީއަކީ 459 ބިލިއަން ޑޮލަރެވެ.

މުޅި ދުނިޔެ ކުއްލިއަކަށް ހުއްޓުމަކަށް ގެނައި ނުރައްކާތެރި ބަލީގެ ސަބަބުން ފްލައިޓްތައް ހުއްޓާލަން ޖެހި ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި ޤައުމުތަކުން އެއާލައިންތަކަށް، މިހާތަނަށް 173 ބިލިއަން ޑޮލަރުގެ މާލީ އެހީ އެއާ ލައިންތަކަށް ފޯރުކޮށްދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *