Ad
އޮކްޓޯބަރ މަހުގައި ބޭއްވުނު ކެމްޕެއިން ރެލީއަކަށްފަހު ވައިޓްހައުސްއަށް ވަޑައިގެންނެވި ދަތުރުމަތީގައި ޓްރަމްޕް-: ފޮޓޯ: ރޮއިޓާރސް
އޮކްޓޯބަރ މަހުގައި ބޭއްވުނު ކެމްޕެއިން ރެލީއަކަށްފަހު ވައިޓްހައުސްއަށް ވަޑައިގެންނެވި ދަތުރުމަތީގައި ޓްރަމްޕް-: ފޮޓޯ: ރޮއިޓާރސް

ދެން ޤާއިމުކުރާނީ އަމިއްލަ "މަންސައެއް": ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕްގެ އަމިއްލަ ޓްވިޓަރ އެކައުންޓް ޓްވިޓަރ އިން ދާއިމަށް ސަސްޕެންޑް ކުރުމާ ގުޅިގެން ދެން އުފައްދަވާނީ އެފަދަ އަމިއްލަ މަންސައެއްކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިފަދައިން ހާމަކުރަށްވާފައި މިވަނީ ޓްވިޓަރ އިން އެމަނިކުފާނުގެ އަމިއްލަ އެކައުންޓް ސަސްޕެންޑްކުރުމާ ގުޅިގެން އެކަމާމެދު ހިތްހަމަޖެހިވަޑައިނުގެން ޓްވިޓަރ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމެރިކާގެ ރައީސް ގެ ރަސްމީ ޓްވިޓަރ އަތްގަނޑުން ރާއްޖޭގަޑިން މިއަދުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

"އަހަރެމެން މިދަނީ ތަފާތު އެހެން މަންސަތަކާއެކު ވާހަކަދައްކައި މަޝްވަރާކުރަމުން، ވަރަށް އަވަހަށް ބޮޑު ކަމެއް އިޢުލާނުކުރާނަން. އަދިހަމަ އަހަރެމެން މިދަނީ ވަރަށް އަވަހަށް އަމިއްލަ ޕްލެޓްފޯމެއް ޤާއިމުކުމުގެ މަސައްކަތްވެސް ކުރަމުން. އަހަރެމެންގެ އަޑު ކަނޑުވައެއް ނުލެވޭނެ" ޕޮޓަސް އެކައުންޓުން ޓްރަމްޕްކުރެއްވި އެހެންނަމަވެސް މިހާރު ޓްވިޓަރ އިން ޑިލީޓްކޮށްފައިވާ ޓްވީޓުތަކުން ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ޓްވިޓަރއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕޮޓަސް އެކައުންޓުން ކޮށްފައިވާ އެހެން ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވެފައި ވާނީ؛ "މީގެ ކުރިންވެސް ތަކުރާރުކޮށް އަހަރެން ބުނަމުން ދިޔަހެން، ޓްވިޓަރ އިން މިވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން އިހުނަށްވުރެ ބޮޑަށް އިތުރުކޮށްފައި. މިރޭގެ ވަގުތެއްގައި ޓްވިޓަރގެ މުވައްޒަފުންވަނީ ޑިމޮކްރެޓުންނާ އެކު މަޝްވަރާކޮށް، އަހަރެންނާ އަދި އެމެރިކާގެ 75 މިލިއަން ބަތަލުންގެ އަޑު ކަނޑުވާލުމަށް، އެމީހުންގެ މަންސައިން އަހަރެންގެ އެކައުންޓް ސަސްޕެންޑްކޮށްފައި" ކަމަށެވެ.

ޓްވިޓަރ އަކީ އަމިއްލަ ވިޔަފާރިއެއް ކަމަށާއި އެހެންނަމަވެސް އެމެރިކާގެ ސަރުކާރުން އެކުންފުއްޏަށް އެހީތެރިކަން ފޯރުކޮށް ނުދިންނަމަ ޓްވިޓަރވެސް އެހާ ގިނަދުވަސް ވަންދެން ދެމިނޯތީސްކަމަށްވެސް ޓްރަމްޕްގެ ޓްވީޓުގައި ވިދާޅުވެފައި ވޭމެއެވެ.

ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން، މައި ސްޕޭސްގެ ކޯފައުންޑަރެއްކަމުގައިވާ ޓޮމްވެސް ވަނީ ޓްރަމްޕަށް ފާޑުކިޔުއްވައި މަލާމާތުގެ ފޮޓޯއެއްވެސް ޓްވީޓުކުރަށްވާފައި ކަންވެސް ފާހަގަކޮށްލެވެއެވެ.

https://twitter.com/myspacetom/status/1347723797361659906?s=20

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *