Ad

ޒުވާން މަސްވެރިންނަށް ހިއްވަރު ދިނުމުގެ ގޮތުން "ބްރޭންޑްލޫމް"އިން އަގުހުރި ހަދިޔާތަކެއް ބަހައިފި

މަސްވެރިންނަށް ބެހި ތަކެތީގެ އަގު 20 ހާސް ރުފިޔާއަށް އަރާ

ޒުވާން މަސްވެރިންނަށް ހިއްވަރު ދިނުމުގެ ގޮތުން "ބްރޭންޑްލޫމް" އިން ޒުވާން މަސްވެރިންނަށް އަގުހުރި ހަދިޔާތަކެއް ބަހައިފިއެވެ.

މިހަދިޔާތައް ބަހާފައިވަނީ "ޒުވާން މަސްވެރިޔާ" ހަސަން ސާޖިން މެދުވެރިކޮށެވެ.

އިރުވަރު ނޫހަށް މަޢުލޫމާތު ދެމުން ހަސަން ސާޖިން ބުނީ ހަދިޔާ ކުރި ސާމާނުތަކަކީ މަސްވެރިންނާ ވަރަށް ގުޅޭ ތަކެތިކަމަށެވެ. އަދި މިއީ ކަނޑުމަތީގައި ގެންގުޅެން ވަރަށް އެކަށީގެންވާ ރަނގަޅު ކޮލިޓީ ޕްރޮޑެކްޓެއް ކަމަށް ސާޖިން ބުންޏެވެ.

"މިފަދަ އަގުހުރި ކޮލިޓީ އުފެއްދުންތަކެއް މަސްވެރިންނަށް ހަދިޔާކުރީތީ ބްރޭންޑްލޫމްގެ ވެރިންނަށް ޝުކުރު އަދާކުރަން. ހަޤީޤަތުގައި މިއީ މަސްވެރިންނާ ވަރަށް ގުޅޭ އެެއްޗެހި. ވަރަށް ކޮލިޓީ ސާމާނު." ސާޖިން ބުންޏެވެ

ބްރޭންޑްލޫމްގެ ވެރިޔާ މުޙައްމަދު ނިޔާޒް ވިދާޅުވީ، ކުރިއާ އަޅާބަލާއިރު މަސްވެރިން މިހާރު ވަރަށް ބޮޑަށް ތަރައްޤީވެފައިވާކަމަށާއި، މިގޮތުން މަސްވެރިން މިހާރު ބޭނުން ކުރަނީ ޒަމާނީ އުފެއްދުންތައް ކަމަށެވެ. އަދި މިފަދަ ޒަމާނީ ކޮލިޓީ ޕްރޮޑަކްޓްތަކެއް ޒުވާން މަސްވެރިންނައް ހަދިޔާ ކުރީ އެ މަސްވެރިންނަށް ހިއްވަރުދީ އަދި ކޮލިޓީ ޕްރޮޑަކްޓްތަކެއް އެ މަސްވެރިންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ނިޔާޒް ވިދާޅުވިއެވެ. ނިޔާޒް ވިދާޅުވީ 20 ހާސް ރުފިޔާގެ ސާމާނު ޒުވާން މަސްވެރިޔާ މެދުވެރިކޮށް މަސްވެރިންނަށް ހަދިޔާކޮށްފައިވާ ކަމަށެވެ.

"މިޒަމާނުގެ ކުދިން މަސްވެރިކަމަށް ދާއިރު އިހުޒަމާނާ ހިލާފަށް ވަރަށް ރީތިކޮށް މި ދަނީ ދެއްތޯ. ދެތިން ދުވަހުގެ ދަތުރަކަށް ތައްޔާރުވެގެން ބެކްޕެކް އަޅުވައިގެން މި ދަނީ. އަޅުގަނޑު ވަރަށް ޝައުޤުވެރިވާ ކަމެއް ޒުވާން މަސްވެރިންގެ ތެރޭގައި މިތަކެތި ފެތުރުން. ޒުވާން މަސްވެރިން ތަރައްޤީވެ ކުރިއަރައިގެން ދިއުން އަޅުގަނޑުގެ ބޭނުމަކީ. އެގޮތުގެ މަތިން އަޅުގަނޑު ހިތަށް އެރީ މި ކަހަލަ ޕްރޮޑަކްޓް ކޮޅެއް ފޯރުކޮށްދޭން. މި ނުފެންނަންޏާ ނޭންގޭނެ ދެއްތޯ މީގަ ހުރި ފެންވަރެއް." ބްރޭންޑްލޫމް ފިހާރައިގެ ވެރިޔާ މުޙައްމަދު ނިޔާޒް ވިދާޅުވިއެވެ.

ބްރޭންޑްލޫމްގައި ވިއްކާ ބައެއް ސާމާނު. މި ޕްރޮޑަކްޓަކީ ސްވިޒްލެންޑްގެ ކޮލިޓީ އުފެއްދުންތަކެއް

ބްރޭންޑްލޫމް އިން މަސްވެރިންނަށް ހަދިޔާ ކުރި ތަކެތީގެތެރޭގައި މަސްކަނޑާ ވަޅިއާއި، ދަބަހާއި ވޮލެޓާއި އައިނާ އަދި މިނޫންވެސް ކަނޑުމަތީގައި ބޭނުންކުރާ ކޮލިޓީ ސާމާނު ހިމެނެއެވެ.

ނިޔާޒް ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ތަކެތި މަސްވެރިންނަށް ވީހާވެސް ގިނައިން ހަދިޔާ ކުރެއްވުމަށް ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"ކުރިއަށް އޮތް ތާންގައި އަދި އިތުރު އެއްޗެހި މަސްވެރިންނަށް ހަދިޔާ ކުރާނަން. އަޅުގަނޑު އަޑުއަހާލަން ބޭނުންވޭ މަސްވެރިންގެ ދުލުން މި ވަޅީގެ ފަސޭހަ ކަމާ މީގެ ކޮލިޓީގެ ވާހަކަ." ނިޔާޒް ވިދާޅުވިއެވެ.

ބްރޭންޑް ލޫމް އިން ވިއްކާ ޕްރޮޑަކްޓްތަކަކީ ސްވިޒްލޭންޑްގެ މަޝްހޫރު ޕްރޮޑަކްޓް ތަކެކެވެ. މި ޕްރޮޑަކްޓް ތައް ރާއްޖެއަށް އެތެރެކޮށް މާކެޓް ކުރަނީ ބްރޭންޑްލޫމް އިންނެވެ. ބްރޭންޑްލޫމްގެ ފިހާރަ ހުންނަނީ ހުޅުމާލޭގައެވެ. އޯޑަރު ކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުދާ ޑެލިވަރީކޮށްދޭނެކަމަށް އެ ފިހާރައިން ބުނެއެވެ. އުރީދޫ މޫލީ އަދި ސަޕްލައި އެމްވީ މެދުވެރިކޮށްވެސް އެފިހާރައިގެ މުދާ ލިބޭނެކަމަށް ބްރޭންޑްލޫމް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *