Ad
ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތު-: ފޮޓޯ: ޕީއެސްއެމް
ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތު-: ފޮޓޯ: ޕީއެސްއެމް

ކޯޓުތަކުގައި ދޮގުހެދުމުގެ ޘަޤާފަތް އޭޖީ ދޫކޮށްލަން ނުވޭތޯ؟ އެސްޖޭ ޝިހާދު

އެޓާރނީ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ދޮގުހެދުމުގެ ޘަޤާފަތް ދޫކޮށްލަން ނުވޭތޯ ބަންޑާރަ ނައިބު ރިފްޢަތު ކުރެން އެސްޖޭ ޝިހާދު އައްސަވައި އޭޖީ އޮފީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޝިހާދު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށްދާ އެސްޖޭ ކޮންސްޓްރަކްޝަންގެ މައްސަލައެއްގެ ޝަރީޢަތުގައި ހިނގާދިޔަ ކަންކަމަށް އިޝާރާތް ކުރަށްވައި، އޭޖީ އޮފީހަށް ފާޑުކިޔައި މިއަދު ކުރި ޓްވީޓެއްގައެވެ.

"15/12/20 ގައި @mvhighcourt ޝަރީއަތުގެ މަޖިލީހުގައި ދައުލަތު ވަކީލު ވިދާޅުވީ އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް. @AGOmv ހައިކޯޓުގައި ހެދީ ދޮގުކަން @MoDmv ކަށަވަރުކޮށްދީފި. @ibriffath ކޯޓުތަކުގައި ދޮގުހެދުމުގެ ސަޤާފަތް ދޫކޮށްލަން ނުވޭތޯ؟" ޑިފެންސް މިނިސްޓަރު މާރިޔާއަށް ޝުކުރު އަދާކުރެއްވުމާއިވެސް އެކު، އެސްޖޭ ޝިހާދު ކުރެއްވި މި ޓްވީޓުގައި ބުނެފައިވެއެވެ.

ހައިކޯޓުގައި ކުރިއަށްދާ ޝަރީޢަތާގުޅޭ ބައެއް މައުލޫމާތުތައް ޑިފެންސް މިނިސްޓްރީ އިން ހޯދުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ދަށުން ޑިސެމްބަރު މަހުގެ 30 ގައި އެސްޖޭއިން ޑިފެންސް މިނިސްޓްރީގައި އެދުމުން، އެ ކުންފުނިން އެދުނު މައުލޫމާތުތައް ޑިފެންސް އިން ވަނީ މިއަދު ފޯރުކޮށްދީފައެވެ.

"މިނިސްޓްރީ އޮފް ޑިފެންސްގެ އައު އިމާރާތް އެޅުމަށްޓަކައި އެތަނުގައި ކުރިން ހުރި ކޯސްޓްގާޑުގެ ޢިމާރާތް ތަޅާލައި ބިން ސާފުކުރުމަށްފަހު 11 ޑިސެމްބަރ 2020 ގައި ވަނީ މިނިސްޓްރީއާ ޙަވާލުކޮށްފައެވެ. އަދި ޑިފެންސް މިނިސްޓްރީގެ އައު ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ ސައިޓް 31 ޑިސެމްބަރ 2020 ގައި ވަނީ (…) ކޮންސްޓްރަކްޝަންއާ ޙަވާލުކުރެވިފައެވެ." ޝިހާދުގެ ޓްވީޓާއެކު ޢާންމުކޮށްފައިވާ ޑިފެންސް މިނިސްޓްރީގެ ޖަވާބުގައި ބުނެފައި ވޭމެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. AG has no alternative than lying against to the truth. Every unlawful endorsement there’s a hidden secret behind that which is obviously the influence of the judicial system. The system and its mechanism is based on three different flavors which is understandable once a person victimized. That the point unpredictable measures in law enforcements are exposed. So be aware that the though chairs the position he is only a puppet. He needs to survive too and sustain whichever befalls on as though it is vulnerable.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *