Ad
ޓްރަމްޕްގެ އަމިއްލަ ޓްވިޓަރ އެކައުންޓް ސަސްޕެންޑްކޮށްފައިވާ މަންޒަރާއި ރިޔާސީ ގަނޑުވަރު-: ފޮޓޯ: ރޮއިޓާރސް
ޓްރަމްޕްގެ އަމިއްލަ ޓްވިޓަރ އެކައުންޓް ސަސްޕެންޑްކޮށްފައިވާ މަންޒަރާއި ރިޔާސީ ގަނޑުވަރު-: ފޮޓޯ: ރޮއިޓާރސް

ފްރީޑަމް އޮފް ސްޕީޗް އަކީވެސް މިނެއް ނެތް އެއްޗެއް ނޫންކަން މިއޮތީ ފާޅުކޮށް ފެންނަން: ސަލަފް ރައީސް

"އިސްލާމްދީނުގެ ކާމިޔާބީ އިތުރުވީވީހެން، ޢަދާވާތްތެރީން އިސްލާމުންނާ ޖައްސާލުން އިތުރުވެއެވެ. މުސްތަޤްބަލް އޮތީ މުސްލިމުންނަށެވެ." ސަލަފް ރައީސް

މުޅި ދުނިޔެއިން ގަބޫލުކުރާ މިންގަނޑާއި ހަމަތަކުންވެސް ފްރީޑަމް އޮފް ސްޕީޗް އަކީވެސް މިނެއް ނެތި ހުޅުވިފައި އޮތް އެއްޗެއް ނޫންކަން މިއޮތީ ފާޅުކޮށް ފެންނާންކަމަށް ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޝައިޚް އަބްދުﷲ މިފަދައިން ވިދާޅުވެފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓަރ އަތްގަނޑު ދާއިމަށް ޓްވިޓަރ އިން ސަސްޕެންޑް ކުރުމަށް އިޝާރާތް ކުރަށްވައި ކުރެއްވި ޓްވީޓެއްގައެވެ.

ސަލަފްގެ ރައީސްގެ މި ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، އިސްލާމްދީނުގެ ކާމިޔާބީ އިތުރުވީވީހެން ޢަދާވާތްތެރީން އިސްލާމުންނާ ޖައްސާލުން އިތުރުވާކަމަށާއި އެހެންނަމަވެސް މުސްތަޤްބަލް އޮތީ މުސްލިމުންނަށްކަމަށެވެ.

ޑިމޮކްރެސީއާއި އިންސާނީ ޙައްޤުތަކުގެ ނަމޫނާއެއްގެ ގޮތުގައި މުޅި ދުނިޔެއިންވެސް ބަލަމުންގެންދާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި މިހާރުގެ ރައީސް ޓްރަމްޕް އިސްވެ ހުންނަވައި އޭނާގެ ސަޕޯޓަރުންލައްވައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާތީކަމަށް ބުނެ، ޓްވިޓަރގެ އިތުރުން އެހެނިހެންވެސް މަންސަތަކުން ގެންދަނީ ޓްރަމްޕްގެ ޕޯސްޓްތަކަށް "ރަތްކާޑު" ދައްކަމުންނެވެ. ޚުދު އެމެރިކާގެ ރައީސްގެ ރަސްމީ އެކައުންޓް "ޕޮޓަސް" އިން އިއްޔެ ޓްރަމްޕް ކުރެއްވި ޓްވީޓުތައްވެސް ޓްވިޓަރ އިން ވަނީ ޑިލީޓްކޮށްފައެވެ.

ތަހުޒީބު މުޖުތަމަޢުތަކުގައާއި އަދި ދުނިޔޭގެ ފަންތީގެ އެންމެ ނުފޫޒުގަދަ އިންޓަރނެޓްގެ މަންސަތަކުންވެސް، ހަމަނުޖެހުމަށް ގޮވާލެވޭ ނުވަތަ ހިތްވަރުދޭ ބަސްތަކާއި މަންޒަރުތައް ހިފަހައްޓަމުން ދިޔަނަމަވެސް، އިސްލާމް ދީނާއި ނުވަތަ މުސްލިމުންނާއި، އަދި މުސްލިމުންގެ ޙަބީބު ލޮބްވެތި ނަބިއްޔާއަށް ފުރައްސާރަކޮށް ހަޖޫޖެހުމަކީ އެއުރެންގެ ގާތުގައި ހަމަ "ފްރީޑަމް އޮފް އެކްސްޕްރެޝަން" އެވެ.

އަދި، ޠާހިރު ޖިސްމުފުޅަށް ކުޑައިމީސްކޮށް ކާޓޫނު ކުރަހައިގެން ސަރުކާރުގެ ޢިމާރާތްތަކަށް ދާންދެން ޕްރޮޖެކްޓަރު ބޭނުންކޮށްގެން އެކުރެހުންތައް އަޅުވައި މަންޒަރުތައް ދެއްކުމަކީ "ހޭޓް ސްޕީޗް" އަކަށް ނުވެއެވެ.

އެއުރެން ފަތުރަމުންދާ ނަފްރަތާއި ރޯކުރަމުން ގެންދާ ހަސަދައިގެ ހުޅުގަނޑާއެކު ދުނިޔޭގެ ބިލިއަނަކަށްވުރެ ގިނަ މުސްލިމުންގެ ލަގޮނޑިތަކަށް އަސަރުކުރުވައި އެ މުސްލިމުންގެ "ލޭ" ކައްކުވައިގެން މުސްލިމުންގެ ތެރެއިން ނޫކަށިފުރައިގެ ޒުވާނަކުލައްވައި "ގޯހެއް" ހަދުވައި އަދި ނަހަދައިފިނަމަ އެއުރެން އަމިއްލައަށް ނަމަހީވެސް ޖަރީމާ ހިންގުމަށްފަހުގައި މުސްލިމުންގެ ބޮލުގައި އެކަމުގެ އިލްޒާމްއަޅުވައި "ޓެރަރިސްޓް" ލޭބަލް ޖަހާކަމީ، ލޯމައްޗަށް ފެންނާން ހުންނަ ހަގީގަތްތައް ނޫންހެއްޔެވެ.

އެއުރެންގެ ކަލާނގެކަމަށްވާ "ގެރި" އެއްގެ މަސްކޮޅެއް މުސްލިމަކު ކެއުމަށް ބޭނުންކުރިހެން ހީވިނަމަވެސް، ދިރިތިއްބާ ނޮޅައި ފިހެގެން މުސްލިމުންގެ މަސްކެއުމަކީ ހަމަ އިންސާނީ ޙައްޤުހެއްޔެވެ.

އިންސާނީ "ހައްޤުތަކާއި" "ޑިމޮކްރެސީ" ނަހަލާލު ކައިވެންޏަކުން ދެވައިގެން އެއުރެން އުފަންކުރުވައިގެން އުޅޭ ރަށްމެދު ދެދަރިންކަމުގައި މެނުވީ، "ފްރީޑަމް އޮފް ރިލިޖަން" އާއި "ފްރީޑަމް އޮފް އެކްސްޕްރެޝަން" ނުވާކަމީ، މިނިވަން ސިކުނޑިއަކުން ވިސްނާ ސަލާމަތް ބުއްދިއަކަށް ނަމަ އެނގިގެންދާނެ ހަގީގަތެކެވެ. އެހެނީ އެއުރެން ވަކާލާތު ކުރާ އެ ޙައްޤުތަކާއި މިނިވަންކަމަކީ އަބަދުވެސް އެއްކޮޅަށް ދުއްވާ "ވަން ވޭ" ރޯޑެކެވެ.

އިންސާނާއަށް މަސްލަޙަތު ހުރި އެންމެހައި ޙައްޤުތަކަކާއި ކަރާމާތާއި އަދި މިނިވަންކަމެއްވެސް، އެންމެހައި ދީންތަކަށް ނިޞްބަތްކުރެވޭ ހިނދުވެސް ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި، ކަށަވަރު ކޮށްދެވިފައިވަނީ، ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި ފޮނުއްވުނު މުޙައްމަދު ނަބިއްޔާ ބަޔާންކޮށްދެއްވާފައިވާ އެންމެ ފަހުގެ ޝަރީޢަތުގައިކަން ކަށަވަރެވެ. މީޑިއާގެ ކޯޑް އޮފް ކޮންޑަކްޓް ނުވަތަ ޔުނިވާރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް ނަމަހީވެސް މެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *