Ad
ޕާކިސްތާނުގައި މީގެކުރިން ބައެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރުގެ ތެރެއިން 
ޕާކިސްތާނުގައި މީގެކުރިން ބައެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރުގެ ތެރެއިން 

އިޖްތިމާޢީ މަންސަތަކުގައި ރަސޫލާއަށް ފުރަށްސާރަކުރި ތިން މީހަކު މެރުމަށް ޕާކިސްތާނުގެ ކޯޓަކުން ޙުކުމްކޮށްފި

ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި ފޮނުއްވުނު މިއުންމަތުގެ ނަބިއްޔާ އަދި އެންމެ ފަހުގެ ރަސޫލާ މުޙައްމަދުގެ ފާނަށް، އިޖްތިމާޢީ މަންސަތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ފުރައްސާރަކޮށް މަލާމާތްކުރި ތިން މީހަކު މެރުމަށް ޕާކިސްތާނުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގެ ދަށު ކޮޓުން ފާއިތުވެދިޔަ ހުކުރު ދުވަހުގައި ކޮށްފައިވާ މި ޙުކުމަކީ، 2017 ވަނަ އަހަރުގެ ޙާދިސާއަކާ ގުޅިގެން އުފުލިފައިވާ ދަޢުވާއެއްގައި ކުރެވުނު ޙުކުމެކެވެ. މި މައްސަލައާ ގުލިގެން 4 މީހެއްގެ މައްޗަށް ދަޢުވާ އުފުލި، އެ އެންމެންގެ މައްޗަށްވެސް ކުށް ސާބިތުވާކަމަށް ޓެރަރިޒަމްގެ މައްސަލަތައް ބަލާ ކޯޓަކުން ޙުކުމްކޮށް، އޭގެތެރެއިން 3 މީހުންގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިވާއިރު އަނެއް މީހާގެ މައްޗަށް އިއްވާފައި ވަނީ 10 އަހަރު ދުވަހުގެ ޖަލު ޙުކުމެކެވެ.

އިސްލާމް ދީނަށް ތައުހީނުކޮށް ހިންގޭ ޙަރަކާތްތައް މަނާކޮށް ޕާކިސްތާނުގައި ޤާނޫނެއް ހެދިފައި ވަނީ 1860 ވަނަ އަހަރުގައެވެ. އޭގެ ފަހުން ތަފާތު ފަހަރު މަތިން އެޤާނޫނަށް އިސްލާޙުގެނެވި، އަދުގެ ކުރިއަރާފައިވާ އިންޓަރނެޓް ފަދަ ވަޞީލަތްތައް ބޭނުންކޮށްގެން އިސްލާމް ދީނާއި އެދީނުގެ އެންމެފަހުގެ ނަބިއްޔާއަށް އިހާނެތިކޮށް ފުރައްސާރަކޮށް ހިންގޭ އެންމެހައި ޢަމަލުތައް ޝާމިލުވާގޮތަށް ޤާނޫނަށް ބަދަލުތަކެއް ގެނެވި އެފަދަ ޖަރީމާތަކަށްވެސް ހަރުކަށި ޢުޤޫބާތްތައް ކަނޑައެޅިފައި ވެއެވެ.

ނަބިއްޔާއަށް ފުރައްސާރަކުރުމުގެ ޢަމަލުތަކާ ގުޅިގެން މަރުގެ ޙުކުމާއި ހަމައަށްވެސް އަދަބު ކަނޑައެޅޭގޮތައް އެޤާނޫ އިޞްލާޙުކޮށް ބަދަލުގެނެސްފައި ވަނީ، 1980 ގެ އަހަރުތަކުގެ ތެރޭގައި ވެރިކަން ކުރެއްވި ޒިޔާޢުލް ޙައްޤެވެ.

މާތް ﷲ އަށާއި އަދި އެއިލާހުގެ ރަސޫލާގެ އިތުރުން އިސްލާމް ދީނުގެ މަތިވެރި ޝިޢާރުތަކަށް މަލާމާތްކޮށް ފުރައްސާރަކޮށް ރޭވިގެން ހިންގޭ ޖަރީމާތަކުގެ ސަބަބުން، ޚާލިޤުވަންތަ އިލާހަށް އަދި ހުސްޠާހިރު ޙަބީބަށް ކުޑަވެސް އުނިކަމެއް އަދި ގެއްލުމެއްވެސް ނުދެވޭނެކަން ކަށަވަރު ވާހިނދުވެސް، އެފަދަ ޖަރީމާތައް ޓެރަރިޒަމްގެ ޢަމަލުތަކުގެ ގޮތުގައި ތަޖުރީމް ކުރެވިގެން ޢުޤޫބާތް ކަނޑައެޅިފައި ވަނީ، ހަމަ އިންސާނުންގެ އުޚްރަވީ އަދި ދުނިޔެވީ މަސްލަޙަތައްޓަކައި ކަންވެސް ފާހަގަކޮށްލެވެއެވެ.

އިސްލާމް ދީނަށް ތައުހީނުކޮށް ދުރާލާ ރޭވިގެން ޤަސްދުގައި ހިންގޭ ކަންކަން ހުއްޓުވުމުގެ ބޭނުމުގައި އެކުލަވާލެވި ޢަމަލުކުރެވެމުން އަންނަ އެ ޤާނޫނަކީ، އެފަދަ ނާތަހުޒީބު ޖަރާއިމުތަކަކީ ޢަޤީދާއާ ގުޅިފައިވާ ކަންކަމަށްވެފައި އަދި އެފަދަ މުޑުދާރު ޢަމަލުތަކުގެ ސަބަބުން، ބިލިއަނަކަށްވުރެ ގިނަ މުސްލިމުންގެ "ލަގޮނޑި" ކެކިގެންގޮސް ޖަޒްބާތުގައި ޖެހި ކުރެވިދާނެ ކަންކަމަށް ފުރުޞަތު ފަހިވެގެން ދިޔަނުދީ، މުޅި މުޖުތަމަޢުގެ ޢާންމު މަސްލަޙަތާއި ސުލްޙަ މަސަލަސްކަން ޙިމާޔަތްކުރުމުގެ މަތިވެރި މަޤްޞަދުގައި، ކަނޑައެޅި ބަޔާންވެފައިވާ ހަމަތަކާ އެއްގޮތަށް، ދައުލަތުގެ ސިފައިގައި ތަންފީޒުކޮށް ހިންގޭ ޤާނޫނެއްކަންވެސް ފާހަގަކޮށްލެވެއެވެ.

2011 ވަނަ އަހަރާއި 2015 ވަނަ އަހަރާއި ދެމެދުގައި ލިބެންހުރި ތަފާސް ހިސާބުތަކަށް ބަލާއިރުވެސް، އިސްލާމް ދީނަށް ތައުހީނުކުރުމުގެ 1300 އެއްހައި މައްސަލަ އެޤާނޫނުގެ ދަށުން ބެލިފައިވެއެވެ. އެހެންނަމަވެސް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް އަންނަނީ މަރުގެ ޙުކުމް އިއްވޭ މައްސަލަތައް އެކަނިކަމުން، އިސްލާމް ދީނާމެދު މީހުންގެ ނަފްރަތު އުފެއްދުމުގެ ބޭނުމުގައި މީސްތަކުންގެ މެދުގައި ހަމަނުޖެހުން އުފައްދައި އެދީނުގެ ހަގީގީ ސިފަތައް މީހުންނަށް އޮޅުވާލުމަށް ދުރާލާ ރޭވިގެން ހިންގޭ ޢަމަލުތައް އެނގިގެން ހާމަވެގެން ނުދަނީކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. rasoolaa ah furassaara kuraa hiyveema dhivehi raajjeah ais ekan kurinama thiheneh nuveehennu. mathee fenvaruge himaayiy libuneehennu.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *