Ad
އަނބު ފޮށިގަޑުތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި-: ފޮޓޯ: އެސްޕީއޭ
އަނބު ފޮށިގަޑުތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި-: ފޮޓޯ: އެސްޕީއޭ

އަނބު ފޮށިތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ބޭރުން އިމްޕޯޓު ކުރެވުނު އަނބު ފޮށިގަނޑުތަކެއްގެ ތެރޭގައި "ރައްކާ" ކޮށްގެން ސަޢުދި ޢަރަބިއްޔާއަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެގައުމުގެ ކަމާބެހޭ ފަރާތްތަކުން އަތުލައިގެންފިއެވެ.

ސަޢުދީ ނާރކޮޓިކްސް ކޮންޓްރޯލްގެ ތަރުޖަމާނު ކެޕްޓަން މުޙައްމަދު ބިން އަލް ޚާލިދުލް ނަޖްދީ އާ ޙަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީ (އެސް.ޕީ.އޭ) އިން ހުކުރު ދުވަހު ޙާމަކޮށްފައިވާ ގޮތުގައި، ފުލުހުންނާ ގުޅިގެން ގިނަ އިރުތަކެއް ވަންދެން ކުށުގެ ނެޓްވާރކް އަށް ފާރަލައިގެން ކާމިޔާބުކަމާއެކު ނިންމާލެވުނު މި ދެއޮޕެރޭޝަނުގައި، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެމްފެޓަމައިން ގެ ގިނަ ޢަދަދެއްގެ ގުޅަތަކަކާއި އަދި މެތައެމްފެޓަމައިން ގެ އިތުރުން ހިރޮއިން ވެސް އަތުލައިގެންފައި ވެއެވެ.

ދެ އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި، 4.4 މިލިއަން އެމްފެޓަމައިން ގުޅައާއި 10 ކިލޯގެ މެތައެމްފެޓަމައިން ގެ އިތުރުން 5 ކިލޯގެ ހިރޮއިން ހިމެނޭކަމަށްވެސް އެސްޕީއޭ އިން ހާމަކޮށްފައިވެއެވެ.

ވެރިރަށް ރިޔާޒުގައި ހިންގުނު މި އޮޕަރޭޝަންގައި، އެތަކެތި އެތެރެކުރަން އުޅުނު ކުށުގެ ބޮޑު ނެޓްވާކަކަށް ނިސްބަތްވާ ދެ މީހުން ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރޭގައި ސަޢުދީ ރައްޔިތެއްވެސް ހިމެނެއެވެ.

މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކްކުރުމަކީ ސަޢުދި ޢަރަބިއްޔާގައި މަރުގެ އަދަބު ދޭ ކުށްތައްކަންވެސް ފާހަގަކޮށްލެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *