Ad

ދިވެހި ޕްރިމިއާ ލީގު: މުނޯޒްގެ ގޯލުން ގްރީންއަށް ފުރަތަމަ މޮޅު!

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް އިން 1-0 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

މެޗްގައި ޖެހި ހަމައެކަނި ގޯލް ކާމިޔާބުކުރީ 13 ވަނަ މިނެޓުގައި ހަލީލް ގަމާލް ދިން ބޯޅައަކުން އެންޖަލް ކަރަސްކޯ މުނޯޒް އެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭނާއެވެ. މިއީ ސީޒަނުގައި ގްރީން ސްޓްރީޓްސް އަށް ލިބުނު ފުރަތަމަ މޮޅެވެ. ލީގުގައި އެޓީމު ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ ފަހު ދެމެޗުން ވީ އެއްވަރެވެ. މިރޭގެ މެޗަކީ ސީޒަނުގައި ދަ ގްރާންޑޭ ބަލިވި ފުރަތަމަ ފަހަރެވެ. މިމޮޅާ އެކު ގްރީން ސްޓްރީޓްސް އޮތީ ފަސް ޕޮއިންޓާ އެކު ތާވަލުގެ 6 ވަނައިގައެވެ.

ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެވެ. ހުކުރު ދުވަހު ހަވީރު ކުޅޭ މެޗުގައި މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ކްލަބް އީގަލްސް ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. ހޮނިހިރު ދުވަހުގެ ހަވީރު ދަ ގްރާންޑޭ އާއި ވެލެންސިއާ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *