Ad

ޒާތީ މައުލޫމާތާގުޅޭ ސިޔާސަތަށް ގެނައި ބަދަލާގުޅިގެން ރައީސް އުރުދުޣާން ވަޓްސްއެޕް ދޫކޮށްލައްވައިފި

ޒާތީ މައުލޫމާތާމެދު އޮންނަ ކަށަވަރުކަމާހެދި މީސްމީޑިއާގައި ރަސްކަންކުރަމުން ގެންދާ "ވަޓްސްއެޕް" އިން އެ މަންސަ ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތުތަކަށް ވާޞިލުވުމާއި ހިއްސާކުރުމުގެ ސިޔާސަތަށް ގެނައި "ނުރުހެނިވި" ބަދަލުގެ ސަބަބުން އެ އެޕްލިކޭޝަން ބޭނުންކުރުން ހުއްޓާލުމަށް ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ނިންމަވައިފިއެވެ.

އުރުދުޣާންގެ މިނިންމެވުން ހާމަކޮށްފައިވަނީ، ތުރުކީގެ ރައީސް އޮފީހުން އިއްޔެ ނެރުނު ރަސްމީ ބަޔާނެއްގައެވެ.

ރައީސް އުރުދުޣާނުގެ އޮފީހުން "ވަޓްސްއެޕް" މެދުވެރިކޮށް ޢާންމުކޮށްފައިވާ މިބަޔާނުގައި ބުނެފައިވަނީ، ރައީސް އޮފީހުގެ ފަރާތުން މީޑިއާތަކާ ހިއްސާކުރާ މައުލޫމާތުތައް ވަޓްސްއެޕް މެދުވެރިކޮށް ހިއްސާކުރުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ. އަދި މިއަދުން ފެށިގެން އެ އޮފީހުގެ ފަރާތުން މީޑިއާތަކާ ހިއްސާކުރާ އެންމެހައި މައުލޫމާތުތައްވެސް ހިއްސާކުރަމުން ގެންދާނީ ވަޓްސްއެޕް ގެ ބަދަލުގައި، "ބީއައިޕީ" މެދުވެރިކޮށްކަމަށާއި، އެންމެހައި ނޫސްވެރިންވެސް ބީއައިޕީ މަންސައަށް ބަދަލުކުރުމުގެ ކަންކަން އެ އޮފީހުން ކުރާނެކަމަށެވެ.

ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުން ރުހި ޤަބޫލުވުމަށް މަޖުބޫރުކޮށްގެން، އެފަރާތްތަކުގެ ޒާތީ މައުލޫމާތަށް ވާޞިލުވުމާއި ހިއްސާކުރުމުގެ ސިޔާސަތަށް އެކުންފުނީގެ ފަރާތުން ގެނެސް، ފެބްރުއަރީ 8 ވަނަ ދުވަހުންފެށިގެން ތަންފީޒުކުރަން ފަށަން ތައްޔާރުވެފައިވާ ސިޔާސަތުތަކާމެދު ދެކޮޅުހަދައި، ވަޓްސްއެޕް ޑިލީޓްކުރުމަށް ގޮވާލާ ސޯޝަލް މީޑިއާ ކެމްޕެއިންނެއްވެސް ތުރުކީގެ ރައްޔިތުން އެބަ ކުރިއަށް ގެންދެއެވެ.

އިސްލާމީ އެހެނިހެން ދައުލަތްތަކާއި ޚިލާފަށް، "ގޮނޑި ކޮއްކޮ" ސިޔާސަތާއި ބީރައްޓެހި އަމިއްލަ ސިޔާސަތެއް ގެންގުޅުއްވާކަން ފާހަގަކޮށްލެވޭ ތުރުކީގެ ރައީސް އުރުދުޣާންގެ އިސްނެންގެވުމުގެ މަތިން، ޔަހޫދީންގެ މުށުގެ ތެރޭގައި މިހިނދު އޮތް ދުނިޔޭގެ މީޑިއާގެ މައްޗަށް ކުރި ހޯދުމުގެ މަސައްކަތްތައްކެއް އެމަނިކުފާނުގެ ޚާއްޞާ ބެއްލެވުމުގެދަށުން ތުރުކީވިލާތުން ފަށާފައިވެއެވެ.

ނޫސްވެރިން ތަމްރީނުކުރުމުގެ އިތުރުން ބޮޑެތި މީޑިއާތަކުން ނޫސްވެރިން ނަށް ފުރުޞަތު ހޯދައިދިނުމާއެކު ދައުލަތުގެ ފަރާތުން މުސާރައާއި އެލަވަންސް ދިނުމާއި، އަދި ހަމަ އެޤައުމުގެ ކުންފުނިތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން މީސްމީޑިއާގެ ޕްލެޓް ފޯމްތައް ތައްޔާރުކޮށް ބޭނުންކުރެވެމުން ދެއެވެ.

ތުރުކީގެ މުވާޞަލާތީ ކުންފުންޏެއްކަމަށްވާ "ޓާރކްޝެލް" ގެ ގުނަވަނެއްކަމުގައިވާ "ބީއައިޕީ" އަކީ ވަޓްސްއެޕް ގެ ބަދަލުގައި އެޤައުމުން ޕްރޮމޯޓް ކުރަމުން އަންނަ މަންސައެކެވެ. ވަޓްސްއެޕް އިން ގެނައި ބަދަލުތަކާ ގުޅިގެން ބީއައިޕީ ބޭނުންކުރަމުންދާ މީހުންގެ ޢަދަދު އިންތިހާއަށް މައްޗަށް ޖެހުމުންދާއިރު، އަލަށް އެ އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ ޢަދަދު 24 ގަޑިއިރުގެ ތެރޭގައިވެސް މިލިއަނަކަށްވުރެ މައްޗަށް އަރާފައިވާކަމަށް އަލްޖަޒީރާފަދަ ބިޔަ މިޑިއާތަކުން މިއަދު ރިޕޯރޓްކޮށްފައިވެއެވެ.

މުޅި ދުނިޔޭގަ ފަންތީގައިވެސް މަޤްބޫލުކަން ހޯދަމުން އަންނަ ބިއައިޕީ އަކީ، އެއްފަހަރާ 6 މީހުންނާއެކު ވީޑިއޯ ޗެޓްކުރުމުގެ ވަޞީލަތް ޤާއިމުކުރެވުނު، މުޅި ދުނިޔޭގެވެސް އެފަދަ ފުރަތަމަ މަންސަކަންވެސް ފާހަގަކޮށްލެވެއެވެ.

(ބައިނަލްއަޤްވާމީ މީޑިއާތައް)

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *