Ad

ޢާއިލީ މައްސަލަތަކެއް ހުށައެޅި ދެ އަންހެނަކާ ނަހަމަ ގުޅުންހިންގި ފަނޑިޔާރަކު ހައްޔަރުކޮށްފި

ދެމެފަރިންގެ ދެމެދުގައި ޖެހުނު ޢާއިލީ މައްސަކަތަކެއް ހުށައެޅި ދެ އަންހެނުންނާ ނަހަމަ ގުޅުން ހިންގި ސަޢުދި ޢަރަބިއްޔާގެ ފަނޑިޔާރަކު ހައްޔަރުކޮށްފިއެވެ.

މި ފަނޑިޔާރު ހައްޔަރުކޮށްފައި މިވަނީ، އެއަންހެން މީހާގެ ކުރީގެ ފިރިމީހާ ސަޢުދީ ޖަސްޓިސް މިނިސްޓަރަށް ހުށައެޅި ޝަކުވާއަކާ ގުޅިގެން އެކަން ބެލުމުގެ ތެރެއިން ފެންމަތިވީ ސީރިއަށް ތުހުމަތުތަކެއްގެ އިތުރުން އެފަދަ އެހެން މައްސަލައެއްވެސް ފެންމަތިވެ، މައްސަލައާ ގުޅޭ "ހެކި" ވެސް ފުލުހުންގެ ތަހުގީގަށް ލިބުމާއި ގުޅިގެންނެވެ.

ފެންމަތިވި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއްގައި، ދެމަފިރިންގެ ދެމެދުގައި ޖެހުނު ޢާއިލީ މައްސަލައެއް އަނބިމީހާގެ ފަރާތުން ކޯޓަށް ހުށައެޅުމުން ޞުލްޙަކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ފިރިމީހާ ކައިރިން ވަރިވުމަށް އަނބިމީހާއަށް ފަނޑިޔާރު ކޯޓުން ބޭރުގައި ބާރުއަޅައި ޝަރީޢަތުން ވަރިކޮށްފައިވާއިރު، މޮރޮކޯގެ ރައްޔިތެއްކަމަށްވާ އެ އަންހެން މީހާއާއެކު ބޭރުޤައުމެއްގައި "ގުޅުން" ހިންގާފައި ވާކަމަށްވެސް ފަނޑިޔާރުގެ މައްޗަށް ތުހުމަތުކުރެވެއެވެ.

އަދި، ކުރީގެ ފިރިމީހާގެ އަތުން ލޯނަކަށް ފައިސާ ހޯދުމަށް އެދި އޭނާގެ ކުރީގެ އަނބިމީހާ ހުށައެޅި މައްސަލައެއްގައި އަންހެން މީހާއާ އެއްކޮޅަށް މައްސަލަ ނިންމައި އެއިން ހިއްސާއެއްވެސް ފަނޑިޔާރު ނަގާފައިވާއިރު، އެ އަންހެން މީހާއަށް ބޭންކް ލޯނެއް ހޯދައިދިމުނުމުގައިވެސް އެ ފަނޑިޔާރު މަޤާމުގެ ނާޖާއިޒު ފައިދާއާއި ނުފޫޒު ބޭނުންކޮށް އެއަންހެން މީހާއަށް ނުހައްޤު މަންފާތައް ހޯދައިދީ އެކަމުގެ ބަދަލުގެ ގޮތުން މާލީ މަންފާގެ އިތުރުން "ރޫޙާނީ" މަންފާވެސް އެއަންހެން މީހާގެ ކައިރިންވެސް މި ފަނޑިޔާރު ހޯދާފައިވާ މައްސަލައެއްވެސް ސަޢުދީގެ ބިއުރޯ އޮފް ބަޕްލިކް ޕްރޮސިކިޔުޝަނުންވެސް ބަލަމުން ގެންދެއެވެ.

ސަޢުދީގެ ވެރިރަށް ރިޔާޟުގެ ކޯޓެއްގައި މަސައްކަތް ކުރަށްވަމުން ގެންދެވި މިފަނޑިޔާރު ހައްޔަރުކުރެވި ޝަރީޢަތް ނިމެންދެން މިހިނދު ޖަލަށް ލެވިފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *