Ad
އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީ ނައިބު ޝުޖާ ވާހަކަދައްކަވާއިރު ޕީޕީއެމް ނައިބު ޝިޔާމް، އަރިހުގައި- ފޮޓޯ: ޕީޕީއެމް
އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީ ނައިބު ޝުޖާ ވާހަކަދައްކަވާއިރު ޕީޕީއެމް ނައިބު ޝިޔާމް، އަރިހުގައި- ފޮޓޯ: ޕީޕީއެމް

ޝުޖާ ރައީސް ނަޝީދަށް: ކޮސްގޮވަން ނަހައްދަވާ! ތިޔަ ވިދާޅުވާ ވަޢުދުތައް އައްޑޫ ރައްޔިތުންނަށް އެނގިއްޖެ!

އައްޑޫ ސިޓީގެ ރައްޔިތުންނަށް އެމްޑީޕީގެ ވަޢުދުތައް އެނގިއްޖެކަމަށް ވިދާޅުވެ އިތުރަށް ކޮސްގޮވައި އައްޑޫ ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ނުކުރެއްވުމަށް، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު އެމްޑީޕީގެ ރައީސް ރައީސް ނަޝީދަށް ގޮވާލައްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުގައި ނުހަނު ހަރަކާތްތެރި އަދި ސަރުކާރަށް ބަހުގެ ވަރުގަދަ ޙަމަލާތައް އަބަދުމެ އަމާޒުކުރަށްވާ، ރައްޔިތުންގެ މަޖްލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު ޝުޖާޢު މިފަދައިން ވިދާޅުވެފައި މިވަނީ، އައްޑޫސިޓީގެ މޭޔަރުކަމަށް ކުރިމަތިލެއްވި ޕީޕީއެމް ކެނޑިޑޭޓު ވީ "ވަޢުދު" އަކަށް ނިޞްބަތްކޮށް ރައީސް ނަޝީދު މިއަދުކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ބަސްތަކަށް އިޝާރާތްކުރަށްވައި، މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.

"މިހާރުވެސް އައްޑޫ ސިޓީގައި ހުންނެވީ އެމްޑީޕީގެ މޭޔަރެއް. އޮތީ އެމްޑީޕީ ކައުންސިލެއް. އެޖެންޑާ19 އިން 7 މަޖްލިސް މެމްބަރުން އެމްޑީޕީއަށް. ކޮސްގޮވަން ނަހައްދަވާ" 

އައްޑޫ ސިޓީގެ މޭޔަރު ކެނޑިޑޭޓާއި އަދި ކައުންސިލް ކެނޑިޑޭޓުންނާއެކު އައްޑޫ ސިޓީ ދާނީ މުޅި ދުނިޔެއަށް ހުޅުވިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި ޝުޖާޢު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

https://twitter.com/shuja3831/status/1348602688112480257?s=20

ރައީސް ނަޝީދު މިއަދު އެފަދަ ޓްވީޓެއް ކުރަށްވާފައި އެ ވަނީ، އައްޑޫ ސިޓީގައި އިންޑިއާގެ އެހީގައި ޤާއިމުކުރަމުންދާ ޢަސްކަރީ ބޭހެއްކަމަށް ބުނެވޭ "ޕޮލިސް އެކަޑަމީ" ޓޫރިސްޓު ހޮޓަލަކަށް ބަދަލުކުރެއްވުމަށް މަސައްކަތް ކުރަށްވާނެކަމަށް، އިދިކޮޅު ކޯލިޝަންގެ ފަރާތުން އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ ކެނޑިޑޭޓު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދެއްވައި ކަން ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *