މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބ. މާޅޮހުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މާޅޮހު ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެރަށު ކައުންސިލުން އެމަޢުލޫމާތު އެމްއެންޑީއެފާ ހިއްސާކުރުމުން އެރަށުން ފެން ހިންދުމުގެ މަސައްކަތް ކުރުމަށް އެމްއެންޑީއެފުން ތައްޔާރުވަމުން ދާކަމަށެވެ. މި މިއްސާރައިގައި އެރަށަށް ލިބުނު ގެއްލުން އަދި ސާފެއް ނުވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ގުރުރުމާއެކު ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށާއި އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.