Ad

މެލޭޝިއާ ދެ ހަފުތާގެ ލޮކްޑައުނަކަށް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި މެލޭޝިއާ ދެ ހަފުތާގެ ލޮކްޑައުންއަކަށް ދިއުމަށް ނިންމައި، އެކަން މިއަދުން ފެށިގެން ތަންފީޒުކުރާނެ ކަމަށް އާންމުންނަށް ސަރުކާރުން އަންގައިފިއެވެ.

މިފިޔަވަޅު ސަރުކާރުން އެޅީ، ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ތިން ހާހުން މައްޗަށް ދާން ފެށުމުން ކަމަށް ސަރުކާރުގެ ތަރުޖަމާނަކު މީޑިޔާއަށް ވިދާޅުވިއެވެ.

ވެރިރަށް ކުއާލަލަމްޕޫރުގެ އިތުރުން ފަސް ސްޓޭޓެއް ހިމެނޭ ގޮތުން އެޅި މި ފިޔަވަޅުގެ ދަށުން، މި މުއްދަތުގައި ދަތުރުފަތުރުކުރުން ވެސް ވަނީ ކޮންޓްރޯލްކޮށްފައެވެ. ކެއިން ބުއިމުގެ ޚިދުމަތް ދެވެނީ ހަމައެކަނި "ޓޭކް އަވޭ"ގެ އުސޫލުންނެވެ.

ލޮކްޑައުގެ މުއްދަތުގައި ބޭންކްތަކާއި ސްޕަމާކެޓް ފަދަ ތަންތަން އާންމުންނަށް ޚިދުމަތްދޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *