Ad
 ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ނިޞްބަތްވެވަޑައިގަންނަވާ ހަތް މަޖްލިސް މެމްބަރުންނާއި އެޕާޓީގެ ދެރައީސުން ކަމުގައިވާ ރައީސް ޞާލިޙާއި ރައީސް ނަޝީދު-: ފޮޓޯ: އެމްޑީޕީ
 ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ނިޞްބަތްވެވަޑައިގަންނަވާ ހަތް މަޖްލިސް މެމްބަރުންނާއި އެޕާޓީގެ ދެރައީސުން ކަމުގައިވާ ރައީސް ޞާލިޙާއި ރައީސް ނަޝީދު-: ފޮޓޯ: އެމްޑީޕީ

އަފިރިން ހަނާވެގެން ގައިގޫލާގެން ވެރިކަން ހޯދައިދެރެ މަޖުލީހަސްދެރަފިމާ އަފިރިންނަށްވީކަމައް ހަރާމް

ކޮންމެ އިންތިޚާބަކާއި ދިމާކޮށް އެއިންތިޚާބުގައި ވާދަކުރާ ކޮންމެ ބަޔެއްގެ ނަމަވެސް ލޯތައް ގޮސް އެންމެ ބޮޑަށް ހުއްޓެނީ އައްޑޫ ރައްޔިތުންނާ ހަމައިގައެވެ. ސިޔާސީ ޕާޓީތައް އުފެދުމުގެ ކުރިންނާއި ފަހުންވެސް މެއެވެ.

އައްޑޫ ރައްޔިތުންނަކީ އަބަދުވެސްމެ ތަހުޒީބީ ގޮތްތަކަށާއި ޑިމޮކްރެޓިކް ހަމަތަކަށް ލޯބިކުރާ ރައްޔިތުންތަކެއްކަމާއި އަދި އެސިޓީގެ ވިޔާފާރިވެރިންނާއި ޒުވާނުންގެ އާބާދީގެ މެޖޯރިޓީ އެނބުރޭ އަތަކަށްމެ އެސިޓީގެ މެޖޯރިޓީވެސް އެނބުރިގެންދާކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.

"ރަން ތިރީސް" އަހަރުގެ ވެރިކަން ބަދަލުކުރުމަށް ވާދަކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ހިތުގައި "ހިތާއި ހިތުގެ ގުޅުން" ބިންވަޅުނަގައި އަށަގެންނެވުމުގެ ފުރުޞަތު ލިބިގެންދިޔައީވެސް، އެދިގު ވެރިކަން ނޫން އެހެން ވެރިކަމެއް ދުށުމުގެ ނަޞީބު ދުވަހަކުމެ ލިބިގެންނުވާ އެތަކެއް ޒުވާނުންނަކަށް ވޯޓުލުމުގެ ފުރުޞަތު ލިބިގެންދިއުމުން، އަލްމަރްޙޫމް ނައިފަރު ދޮހޮއްކޮވެސް ވިދާޅުވެފައިވާ ފަދައިން "މިނޫން ވެރިކަމެއް ދެކިލަން" އެޒުވާނުންވެސް ބޭނުންވީލެއް ބޮޑުކަމުންނެވެ.

ވެރިކަން ދިގުލައިގެންދިޔަ ވަރަކީ، ޚުދު ދޮންނަ ކުޑިއެއްގެ ވާހަކަ ބުނެލެވި އެއިން ފޮނު ނާރާވާހަކަ ބުނެވޭއިރަށްވެސް ނުވަތަ އިނގިރޭސި ބަހުން ބަތަށް ކިޔާ ނަން ކިޔާލެވި، މި "ރައިސް ނުބަޔޭ" ބެނެލެވޭ ހިނދުވެސް އެކިޔެނީ އޭރުގެ ވަލިއްޔުލް އަމްރުގެ ނަންކަމަށް ހީވެ ޢުޤޫބާތާ ކުރިމަތިލާންޖެހެޔޭވެސް ބުނެއުޅެވެއެވެ.

ދިގު ތިރީސް އަހަރުގެ މުއްދަތުގައި ރައްޔިތުން އެފަދަ ޙާލެއްގައި އުޅެންޖެހި ޒުވާނުން އެހެން ހާލެއްދެކެން ބޭނުންވެފައި ތިބިލެއް ބޮޑުކަމުން، އަދި އައްޑޫ ރައްޔިތުންގެ އެކަންކަމަށް ކުރާ އުންމީދު އިންތިހާއަށް ބޮޑުކަމާހުރެ "ޑިމޮކްރެޓިކް" އޭ ބުނެވިގެން ކުރިއަށް ރައްޔިތުން ލެވިގެން ނަންދެވިގެން އުފެދުނު ޕާޓީ، އެމްޑީޕީއަކީ އެ އުންމީދުތައް ފުއްދައިދޭނެ ޕާޓީކަމުގައި ލޮލާއި ބޮލުން އައްޑޫ ރައްޔިތުންނަށް ޤަބޫލުކުރެވުނެވެ.

ވާދަވެރި ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވިގެން އިންތިޚާބުތައް ބޭއްވެން ރާއްޖޭގައި ފެށިފަހުން އައްޑޫސިޓީގައި ނެގޭ އެންމެހައި ވޯޓުތަކެއްވެސް، ބުނެވިދިޔަ އުންމީދުގައި ދެވެމުން ގެންދެއެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެށިގެން އެންމެ ފަހުން ބޭއްވުނު މަޖްލިސް އިންތިޚާބާއި ހަމައަށްވެސް ކޮންމެ އިންތިޚާބެއްގައިމެ އައްޑޫ ސިޓީގެ ސާފު މެޖޯރިޓީ ދެމުންދަނީ އެމްޑީޕީއަށެވެ. އެޕާޓީގެ ޓިކެޓްގައި "ބުޅަލެއް" ކުރިމަތިލީ ނަމަވެސް ވޯޓުދޭނީ އެފަރާތަކަށްކަން އައްޑޫ ރައްޔިތުން މިހާތަނަށްވެސް ގެންދިޔައީ ބުނަމުންނެވެ. 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި "ހަތެއް-ސުމެއް" ގެ ނަތީޖާއަކީ އެކަމުގެ ހެއްކެކެވެ.

އެސިޓީގެ ގިނަ ރައްޔިތުންގެ ހިތްތަކާ ގުޅިފައިވާ "ހިތާ ހިތުގެ ގުޅުން" ޝިޢާރު ޕާޓީއަށް ނިޞްބަތްވެވަޑައިގަންނަވާ ދެ ރައީސުންނާއި އަދި އެޕާޓީއަށް ނިޞްބަތްވެވަޑައިގަންނަވާ "ހަތެއް-ސުމެއް" ގެ ނަތީޖާއެއް ގެ މެމްބަރުން ނިޞްބަތްވެވަޑައިގަންނަވާ، އެ ދެރައީސުންގެ ޕާޓީއަށް، މަޖްލީހުގެ ސުޕަރ މެޖޯރިޓީވެސް ލިބިމެ އަދިހަމަ އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީވެސް އެޕާރޓީއަށް އޮތުމުން، އައްޑޫ ރައްޔިތުންނަށް ފޮނިމީރުކަން ލިބުމަށް އިތުރަށް ހިތިފިލުވަން ޖެހޭ ކަނޑުލެއްގެ ވާހަކަ ދެއްކޭނަމަ، އެގޮވެނީ ހަމަ ކޮސްނޫންހެއްޔެވެ. "ހަތެއް ސުމެއް" ގެ ނަތީޖާވެގެން ދިޔައީ "ގުނބޯ" ހެއްދުމަކަށް ނޫންހެއްޔެވެ.

ހިނގަމުން މިދާ ރިޔާސީ ދައުރުގައިވެސް ދިމާވި އެންމެ ބޮޑު ކަންތައްކަމުގައިވާ ކޮވިޑް-19 ގެ ވަބާ ފެތުރެމުން ދިޔަ ދުވަސްވަރުގައި އައްޑޫ ސިޓީއިން ކޮވިޑް-19 އަށް މީހަކު ފައްސިވެގެން ދިޔަ ހިނދުވެސް ކޮވިޑް-19 އަށް ޓެސްޓް ކޮށްލެވޭނެ ޕީސީއާރ ޓެސްޓް "ކިޓެއް" އެސިޓީއަށް ފޯރުކޮށްދިނުމަށް ނުކުޅެދިގެން ދިއުމުން އެރައްޔިތުން ބޭރުކުރަމުން ގެންދިޔަ އުދާސްތައް މީޑިއާތަކުން ފެނިގެން ދިޔައެވެ. ދުނިޔެވީ ލަދަށްޓަކައި ނަމަހީވެސް މެމްބަރުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެންވެސް މެޝިނެއް ގަންނަވަރަށް، ޚުދު އެ މެމްބަރުން ހޮވުމަށް މަސައްކަތް ކުރި ރައްޔިތުންގެ "އެތިވަރު ގޮވުން" އެ ހަތް މެންބަރުނަށް އަމާޒުވެގެން ދިޔައެވެ.

އަމިއްލައަށް އެކަން ނުކުރެވުނު ތަނުގައި އަމިއްލަ ފަރާތަކުން އެކަން ކޮށް، ކޮވިޑަށް ޓެސްޓްކުރެވޭނެ ނިޒާމު އައްޑޫ ސިޓީގައި ސަރުކާރަށްވުރެ ކުރިން ޤާއިމުކޮށްދިނުމުންވެސް "ހިތާހިތުގެ ގުޅުން" އެހެން ހިތަކާ ގުޅިދާނެކަމަށް ގަންނާކުރެއްވި ބިރުން ރައްޔިތުންގެ މަންފާއާ މަޞްލަޙަތުތައް ކަފުންކޮށް ވަޅުލީކަން އައްޑޫ ރައްޔިތުން ހަމަ އެހާ އަވަށް ހަނދާން ނެތޭނަމަ ކޮންމެ އިންތިޚާބަކާ ދިމާކޮށް "ފެންކައްކާ ބޮލީގެ ޢިއްޒަތް" މެނުވީ އައްޑޫ ރައްޔިތުންނަށް، އެބުނާ ހިތާ ހިތުގެ ގުޅުމަކުން ގުޅުމުގެ ސަބަބުން ލިިބިގެން ނުދެޔޭ މެދުރާއްޖެ ތެރެއާއި އުތުރުގެ ރައްޔިތުން ބުނާނެކަން ކަށަވަރެވެ.

އެޅުނު ފްލައިން ސްކޫލަކީ މަޔަކަށް ލިބޭ ނުކުޅެދޭ ދަރިޔެކޭ ތަކްލީފަށް ބަލާއިރު އެއްހަމަ ނޫންހެއްޔެވެ. ހައްލުކުރެވޭނެ ހަމަ އެއްވެސް ހަމައެއް ނެތެވެ.

އައްޑުއަށްވުރެ މާފަހުން އަތޮޅުތެރޭގައި ޓޫރިޒަމް ތަޢާރަފް ކުރެވުނު ސަރަޙައްދުތައް އިންތިހާއަށް ކުރިއަރާފައި ނުވޭހެއްޔެވެ. ހުވަދު އަތޮޅު ބަލާށެވެ. ކޫއްޑުއާއި ތިނަދޫގެ ވަށައިގެން ބަލާށެވެ.

ޢުމުރުން އިންތިހާއަށް ދޮށީ އެއަރޕޯޓެއްކަމުގައިވާ އައްޑޫ އެއަރޕޯޓާއި އެހެނިހެން ވައިގެ ބަނދަރުތަކާ އަޅާބަލާއިރު ޢުމުރުން ދުވަސްވީ މީހުންނަށް މަހަކު 5000 ލިބިގެންދާ މިސާލެއް ނޫންހެޔެވެ. ޢުމުރުން ނުހަނު ހަގު ވައިގެ ބަނދަރުތަކުގެ މަންފާ ރައްޔިތުންނަށް އެހެރަގެންދަނީ ލިބެމުންނެވެ.

ދާލުގައި ރިސޯޓަކަށްފަހު ރިސޯޓެއް ހުޅުވިގެންގޮސް އަތޮޅު ތެރޭގައި އޮތް އެންމެ ޗާލު ވައިގެ ބަނދަރު ހެދިފައި އޮވެމެ މާލެ އެކޭ އެއްގޮތަށް މަގުތަކުގައި ތާރުއަޅާލައިގެން ކުޑަހުވަދޫ ރައްޔިތުން ދުއްވަމުން ދާއިރު، އައްޑޫ މަގަކަށް ހަވީރު ފިންޏަށް ދުއްވާލަން ނުކުތަސް އަޑިގުޑަންތަކަށް ކާރުޖެހިގެން ވިއްސައިގެންގާ ކިސަޑުތަކާހެދި އަނބުރާ އައިކޮޅަށް ދާންޖެހުނީ ކިތައް ދުވުހެއްޔެވެ. ކުޑަހުވަދުވަކީ އައްޑޫ ޒޯނާ ޚިލާފުކޮށް، "އެކެއް-ސުމެއް" ގެ ނަތީޖާއެއް އަބަދުމެ ނެރެމުންދާ ޒޯނެކެވެ.

އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށް މަޖްލިސް ރައީސް ވިދާޅުވި ނަމަވެސް، އައްޑުއަށް އުދުހުނު ސްރީލަންކަން އެއަރލައިންއަށް ވީގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ނަމައެވެ. އަދި އެފަދަ ވަޢުދުތަކަކީ ހަގީގަތެއްނަމަ ނުވަތަ ޕޮސިބްލް ކަމެއްނަމަވެސް، އައްޑޫ ރައްޔިތުންގެ ޖީބަށް ދެންވަންނާނީ ޕައުންޑޭ ވިދާޅުވެވުމުން އެބަސް އަލުން ތަރުޖަމާ ކުރަށްވަން ފަތުރުވެރި ވަޒީރަށް ޖެހިވަޑައި ގެންނެވުމުގެ ބަދަލުގައި މަނީ އެކްސްޗޭންޖް ވިޔަފާރިއަށް އައްޑޫ ރައްޔިތުން އިންވެސްޓް ކުރީހެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގެ ފަސް ސަރަހައްދެއްގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމަށް ނިންމި "ރޯނު" ދެމިފައިވުމާއި އަދި އައްޑޫގެ ތަފާތު ސަރަހައްދުތަކުގައި "ގޭދޮށު މަސްފެކްޓަރީ" އަޅަން ކަނޑަ ޖެހުނުތާވެސް ދުވަސްކޮޅެއް ވެފައި ވީނަމަވެސް، އެއިން ކަމަކުން ރައްޔިތުންގެ ޖީބަށް ޑޮލަރު ނުވަނަސް، ޕައުންޑް ވަދެއްޖެނަމަ މާ މޮޅުތާއެވެ. ދުނިޔޭގެ ބާޒާރުގައި އަގުގެ ގޮތުން ބަލާއިރު ޑޮލަރަށްވުރެ ޕައުންޑުގެ އަގު ގައިމުމެ ދަށެއް ނުވާނެ ހިނދުއެވެ.

އެކަމަކު، އަސްކަރީ މަރުކަޒެއް ދެއްކިފައި ޓޫރިސްޓު ހޮޓަލެކޭ ބުނުމުން ޤަބޫލުކުރާ ވަރަށް ނުވަތަ ދުމައްޓެއްގެ ބޮޑުމިނުގައި މަސްފެކްޓަރީ ހެދިދާނެކަމަށް ޤަބޫލުކުރާ ވަރަށް، އައްޑޫ ރައްޔިތުންގެ "ކުޅަނދު" މަދުވެދާނެކަމަށް ދެކެންވީހެއްޔެވެ.

އިރުވައި މޫސުމުގައި "އަސްދަނޑިތައް" ލައްވާ ބީދައިން ނުވަތަ ހުޅަނގު މޫސުމުގައި "އޮއިވާލި" ފައިބާ ބީދައިން، އިންތިޚާބުތަކާ ދިމާކޮށް ވެވޭ ވަޢުދުތަކާއި ދެއްކޭ ހުވަފެންތައްވެސް އިވެމުން ފެންނަމުން ދާނެއެވެ. އައްޑޫއަށް ފައިބަމުންދާ އެފަދަ އަސްދަނޑިތަކާއި އޮއިވާލިތައް އަދި އިތުރެވެ. އެހެންނަމަވެސް އިންތިޚާބުގެ ނަތީޖާމެ ލިބުމާއެކު "ހޮޅި" ވަޢުދަކަށްމެނުވީ އެކަންކަން ނުވެއެވެ.

މެންދުރުގެ ގަދަ އަވީގައި މަގަށް ނުކުތުމުން އަވާމެންދުރު ބަލަން ނުވަތަ ދުވާލު ހޭލައި ހުރެ ހުވަފެން ބަލަން، އަބަދުމެ އައްޑޫ ރައްޔިތުން ތިބެގެން ބައިކޮޅަށް ޖަހާ ގޯލުތަކަކަށް "ހަތެއް-ސުމެއް" ނަތީޖާ ހަދައިފާނެކަމަށް ސިޔާސީ ލިޑަރުންނަށް ހީވާނަމަ އެއީ "އަންޑަރ އެސްޓިމޭޝަން" އަކަށް ނުވާނެކަން އެލީޑަރުން ކަށަވަރު ކުރަންޖެހޭކަހަލައެވެ.

"އަނގަ ކުކުޅުހުންގާނެއެއްހެން ހަދައިގެން އާސް ވޯޓާއު ދެން ނިކޭހެއްތިއަ" ކުރިން ތިލަފަތަށް ވޯޓު އަޅަމުންދިޔަ އައްޑޫގެ އެތަކެއް ރައްޔިތުންނެއް ތިލަފަތަށް އަމާޒުކޮށް މިހިނދު ބުނަމުން ގެންދާ މިބަހުންވެސް މެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. އަޅުގަނޑުގެ ޚިޔާލަކީ އައްޑޫގެރައިޔަތުން ނަކީހަގީގަތުގަ ވެސް އަޅުގަނޑު ވެސް ހިމެނޭގޮތަށް ފައްކާ ގޮނބޯންތަކެށް އެެއް ވެސްކަމެށް ކުރުމުގައި ކުރިޔަށް ވވޥިސްނަން ދަންނަ ބައެއް ނޫން ނިކަން ވިސްނަބަލަ އައްޑޫގެ ކިޔަޥާއިގެން ތިބިމޮޅެތިމީހުން ނެތިގެންތޯ ރާއްޖޭގެ ހަރުދަނާ މަގާމެށް ހިތާހިތުގެ ގުޅުން ބޮޑުކަމުން ދީފައެށް ނެށްކަން ފެއްނަން އޮތް ހަގީގަތެށް މާދަން ވެސް ހިތާހިތުގެ ގުޅުމަށް ވޯޓުދޭން ރެޑީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *