Ad

ބްރޭންޑްލޫމް އިން މަސްކަނޑުމަށް ޚާއްޞަ ވަޅިއެއް ތައާރަފްކޮށްފި

މި ވަޅިއަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ސްވިޒްލޭންޑްގެ "ވިކްޓޯރިނޮކްސް" ބްރޭންޑްގެ ވަޅިއެއް

ބްރޭންޑްލޫމްއިން މަސްކެނޑުމަށް ޚާއްޞަ ވަޅިއެއް ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

ބްރޭންޑްލޫމްއިން މި ވަޅި ތައާރަފްކޮށްފައި ވަނީ ޒުވާން މަސްވެރިޔާ ހަސަން ސާޖިން މެދުވެރިކޮށެވެ. މިވަޅި ތަޢާރަފްކުރުމުގެ ގޮތުން ސާޖިން ވަނީ މި ވަޅިން މަސް ކަނޑާ ވީޑިއޯއެއް ފޭސްބުކް މެދުވެރިކޮށް ލައިވްކޮށްފައެވެ.

 

"މި ވަޅިއަކީ ހަމަސީދާ މަސްވެރިންނަށް ޚާއްޞަ ވަޅިއެއް. މަސް ކަނޑަން އެންމެ އެކަށީގެންވާ ވަޅި މިއީ. ވަޅި ޖައްސާލީމަ މަހުގެ ކަށިތައްވެސް އެއްވެސް އުނދަގުލަކާ ނުލާ ބުރިވެގެންދޭ. އަނެއްކާ އިރުއިރުކޮޅާ ތޫނު ކުރާކަށްވެސް ނުޖެހޭ. ވަރަށް ތޫނު ވަރުގަދަ ވަޅިއެއް." ސާޖިން ބުންޏެވެ.

މި ވަޅިއަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ސްވިޒްލޭންޑްގެ "ވިކްޓޯރިނޮކްސް" ބްރޭންޑްގެ ވަޅިއެކެވެ. ދެ އަހަރު ދުވަހުގެ ވޮރެންޓީއާއެކު ބްރޭންޑްޕޫމް އިން ތަޢާރަފްކުރި މި ވަޅިއާއެކު މި ބްރޭންޑްގެ ވަޅި ތޫނުކުރާ ސާމާނުވެސް ވަނީ ތަޢާރަފްކޮށްފައެވެ. މިއީ ކަނޑާ އެއްގަމުގައިވެސް ގިނަ ދުވަހު ގެންގުޅެވޭ ގޮތަށް ވަރުގަދަކޮށް ފަރުމާކޮށްފައިވާ އެސްއެސް ވަޅިއެކެވެ.

"މި ވަޅިއަކީ މަސްކަނޑަން ވަރަށް ފައްކާ ވަޅިއެއް. މަހުގަ ޖައްސާލުމާއެކު ކަށިތަކާއެކު ރާސްޓަސް. އެ ދިޔައީ. އަނެއްކާ އެހާ ވަރުގަދަ. އެހާ ތޫނު." މި ވަޅިއާ ބެހޭގޮތުން ދޯންޏެއްގެ ކެޔޮޅަކު ބުންޏެވެ.

ދާދި ފަހުން ބްރޭންޑްލޫމްއިން ވަނީ 20 ހާސް ރުފިޔާގެ ސާމާނު ހަދިޔާ ގޮތުގައި ޒުވާން މަސްވެރިންނަށް ބަހައިފައެވެ. މަސްވެރިްނނަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި އެ ފިހާރައިން ވިއްކާ ވަޅި، އައިނު، ދަބަސް އަދި ވޮލެޓްފަދަ ކޮލިޓީ ތަކެތި ހިމެނެއެވެ.

ބްރޭންޑްލޫމް އިން ވިއްކާ ޕްރޮޑަކްޓްތަކަކީ ސްވިޒްލޭންޑްގެ މަޝްހޫރު ޕްރޮޑަކްޓް ތަކެކެވެ. މި ޕްރޮޑަކްޓް ތައް ރާއްޖެއަށް އެތެރެކޮށް މާކެޓް ކުރަނީ ބްރޭންޑްލޫމް އިންނެވެ. ބްރޭންޑްލޫމްގެ ފިހާރަ ހުންނަނީ ހުޅުމާލޭގައެވެ. އޯޑަރު ކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުދާ ޑެލިވަރީކޮށްދޭނެކަމަށް އެ ފިހާރައިން ބުނެއެވެ. އުރީދޫ މޫލީ އަދި ސަޕްލައި އެމްވީ މެދުވެރިކޮށްވެސް އެފިހާރައިގެ މުދާ ލިބޭނެކަމަށް ބްރޭންޑްލޫމް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *