Ad
އިޒްރޭލްގެ ވެރިރަށް ތެލްއަވީވަށް ދަތުރުކުރަން ދެކޮޅުހެދުމުން ސަސްޕެންޑްކުރި އެމިރޭޓްސް އެއަރލައިންގެ ޕައިލެޓް މުންޢިމް
އިޒްރޭލްގެ ވެރިރަށް ތެލްއަވީވަށް ދަތުރުކުރަން ދެކޮޅުހެދުމުން ސަސްޕެންޑްކުރި އެމިރޭޓްސް އެއަރލައިންގެ ޕައިލެޓް މުންޢިމް

"ﷲ ގެ މަދަދު ލިބިގެންދާނެ، ދެރައެއް ނުވަން": ތެލްއަވީވަށް ދަތުރުކުރަން ދެކޮޅުހެދުމުން ސަސްޕެންޑް ކުރި ޕައިލެޓް

ވަޒީފާއިން ސަސްޕެންޑް ކުރިނަމަވެސް ކުޑަކޮށްވެސް ދެރަނުވާކަމަށާއި މާތް ﷲ ގެ އޯގާތެރިކަމާއި މަދަދު ލިބިގެންދާނެކަމަށް، ތެލްއަވީވަށް ދަތުރުކުރަން ދެކޮޅުހެދުމުން ސަސްޕެންޑުކުރެވުނު އެމިރޭޓްސް އެއަރލައިންގެ ޕައިލެޓް ބުނެފިއެވެ.

މެދުއިރުމަތީގައި މުސްލިމުންގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުފައްދާފައިވާ ޔަހޫދީ "ދައުލަތް" އިޒްރޭލުގެ ވެރިރަށް ތެލްއަވީވަށް ދަރުތުކުރުމަށް ދެކޮޅު ހެދުމުން އެމިރޭޓްސް އެއަރލައިން އިން އިއްޔެ ސަސްޕެންޑްކުރި ޓިއުނީސިއާގެ ރައްޔިތެއްކަމަށްވާ މުންޢިމް ސިހާބު މިފަދައިން ހާމަކޮށްފައިވަނީ އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

މެދުއިރުމަތީގެ ޢަރަބި މުއްސަނދި ދައުލަތެއްކަމުގައިވާ އިމާރާތުން އިޒްރޭލާއެކު ސިޔާސީ ގުޅުން ޤާއިމުކޮށް ޑުބާއީ އާއި ތެލްއަވީވާ ދެމެދު ސީދާ ދަތުރުތައް މިހާރު ފަށާފައި ވެއެވެ. އަދިހަމަ އިޒްރޭލްގެ އެއަރލައިންތަކުން ޑުބާއީއަށް ކުރާ ދަތުރުތަކުގައި ސަޢުދީގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ އެގައުމުންވެސް ދީފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

ޤައުމުގެ ޢާންމު ރައްޔިތުންގެ އިޙްސާސްތަކާއި މުޅި އިސްލާމީ އުންމަތުގެ ކެކުޅުންތަކަށް ބެލުމެއްނެތި އިމާރާތުންނާއި ބަޙްރައިން އިންވެސް ދާދިފަހުން އިޒްރާއީލާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވީނަމަވެސް ސަޢުދި ޢަރަބިއްޔާ އިން އަދި ހާމަކޮށްފައި ވަނީ، ފަލަސްޠީނުގެ ބިންތަކުން ހިފާފައިވާ ބައި އިޒްރޭލުން ދޫކޮށް ފަލަސްތީނަކީ ދައުލަތެއްކަމުގެ ބަލައިގަނެ އެރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުން މެނުވީ އިޒްރޭލާއެކު ގުޅުން ޤާއިމު ނުކުރާނެކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބާ ކުރިމަތިލާން ޖެހުމުގެ އިތުރުން ބޮޑެތި ގޮންޖެހުންތަކެއް މިހިނދު ކުރިމަތިވެފައިވާ މިހާރުގެ ރައީސް ޓްރަމްޕް މެދުވެރިއެއްގެ ގޮތުގައި އިސްދައުރެއް އަދާކުރުމުގެ ތެރެއިން އިސްލާމީ ދައުލަތްތަކުން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަމުން ނުހަނު ބާރަށް ގެންދިޔަނަމަވެސް މިހިނދު އެކަން މަޑުޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

ދައުލަތުގެ ތެރެއިން ރޭވިގެން ތަންފީޒުކުރެވޭ ޓެރަރިސްޓް އަމަލުތައް ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގާ ޓެރަރިސްޓު ދައުލަތެއްކަމުގައިވާ އިޒްރޭލާއެކު ގުޅުން ޤާއިމުކުރުމަށް އެއްބަސްވެ އެކަން ކުރާ މުސްލިމު ޤައުމުތަކަށް ހަދިޔާއެއްގެ ގޮތުން، ޔަހޫދީން އިސްވެއޮވެ އެކުލަވާފައި އެއުރެން ހިތައްއެރި ގޮތަކަށް ބަދަލުކުރަމުން ގެންދާ "ޓެރަރިސްޓް" ލިސްޓުން އުނިކޮށްދިނުމާއެކު އެޤައުމުތަކުގެ ވެރިންނަށް ބޮޑެތި މާލީ އެހީތެރިކަމާއި އެފަދަ ޤައުމުތަކަށް ޒަމާނީ ހަތިޔާރުވެސް ފޯރުކޮށްދޭމެއެވެ.

މުސްލިމު އިތުރު ފަސް ޤައުމަކުން އިޒްރޭލާއެކު ގުޅުން ޤާއިމުކުރާނެކަމަށް، ޔަހޫދީ ދައުލަތް އިޒްރޭލުގެ ޖަރީމާތަކަށް ހިތްވަރުދީ އެކަމުގެ އަޑީގައި އޮންނަ ދުނިޔޭގެ ސުޕަރ ޕަވަރު އެމެރިކާގެ ރައީސް ޓްރަމްޕް ދާދިފަހުން ވިދާޅުވެފައި ވީނަމަވެސް، ޓްރަމްޕްގެ އަދުގެ ޙާލަތަކީ ޓްވީޓުގަނޑެއް ނުވަތަ ފޭސްބުކް ޕޯސްޓެއްވެސް ކޮށްނުލެވޭހާ ނިކަމެތި ވެގެން ގޮސްފައި ވުންކަންވެސް ފާހަގަކޮށްލެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *