Ad
ހުޅުމާލޭގައި ހުންނަ މަސްޖިދު ޢަޒީޒާ މޫސާ-: ފޮޓޯ: ފޯރ ސްކެއަރ
ހުޅުމާލޭގައި ހުންނަ މަސްޖިދު ޢަޒީޒާ މޫސާ-: ފޮޓޯ: ފޯރ ސްކެއަރ

މިސްކިތުން ގަދަކަމުން ނެރެންއުޅެ ޙަމަލަދިނީ ވަހެއްދުވާތީ ކަމަށް ބުނެ: ފުލުހުން

ހުޅުމޭލޭ މިސްކިތަކަށް ޢަޞްރު ނަމާދަށް ގޮސްހުރި ދިވެހި އިސް ރަށްވެއްސަކު ގަދަކަމުން މިސްކިތުން ނެރެން އުޅެ ދުވަސްވީ އެމީހާއަށް އިންޑިއާ މީހާ ޙަމަލަދީނީ އެމީހާގެ ގައިން ވަހެއްދުވާތީ ކަމަށް ބުނެ ކަން ފުލުހުން ހާމަކޮށްފިއެވެ.

"ހުޅުމާލޭ ޢަޒީޒާ މިސްކިތުގެ ތެރޭގައި ހުރި ޢުމުރުން ދުވަސްވީ މީހަކު ގައިން ވަހެއް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނެއް އެމީހާ ނެރެން އުޅެ، މާރާމާރީ ހިންގާފައި ވާކަމުގެ މައުލޫމާތު މިއަދު ފުލުހުންނަށް ލިބިފައިވޭ" ޢަޒީޒާ މިސްކިތުގައި މިއަދު ހިނގާދިޔަ މިޙާދިސާއާ ގުޅިގެން މީޑިއާތަކުން ތަކުރާރުކޮށް ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަދި، މި މައްސަލާގައި އިންޑިއާ މީހާ މިހާރު ހުރީ ފުލުހުންގެ "ބެލުމުގެ ދަށު" ގައި ކަމަށާއި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިއަދު ހިނގައިދިޔަ މި ޙާދިސާއާ ގުޅިގެން ފުލުހުން ހާމަކުރެއްވި މައުލޫމާތާއެކު މީޑިއާތަކުން ގިނަ ސުވާލުތަކެއް ފުލުހުންނާ ކުރިމަތިކުރުވި ނަމަވެސް، އެސުވާލުތަކާ ގުޅިގެން އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައި ނުވެއެވެ.

އިންޑިއާ މީހާ ހައްޔަރު ކުރެވުނީތޯ ނުވަތަ ހިމާޔަތް ދެވުނީތޯއާއި، އިންޑިއާ މީހާއަކީ މިސްކިތައް ނަމާދަށް ދިޔަ މީހެއްތޯއާއި، އޭނާ ހުރީ މަސްތުގެ ޙާލަތުގައިތޯ އަހައި، މީޑިއާތަކުން ސުވާލުކުރި ނަމަވެސް، އެސުވާލުތަކާ ގުޅިގެން ފުލުހުން ވަކިއެއްޗެއް އަދި ހާމަކޮށްފައި ނުވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *